ދިވެހިރާއްޖެ
39ވަނަ މަސްވެރިންގެ ދުވަހާއި ދުވަހާއި ގުޅުވައިގެން [ފިޝަރީޒް އެކްސްޕޯ 2019] ގެ ނަމުގައި އެކްސްޕޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއެކްސްޕޯގެ މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާގެ އެކިއެކި ވަޟީލަތްތަކާއި އެމަސައްކަތްތައް ކުރުމަށް ބޭނުންކުރާ އާލާތްތައް އަދި އެ ޞިނާޢާތްތަކުގެ އުފެއްދުންތަކާއި އެޞިނާޢަތްތަކާއިބެހޭ މަޢުލޫމާތުތައް ފުޅާ ދާއިރާއެއްގައި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.
މިއެކްސްޕޯގައި މަސްވެރިކަމާއި ގުޅުންހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުޞަތު ލިބިގެންދާނެއެވެ. އަދި މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް އެފަރާތްތަކުގެ އުފެއްދުން މާކެޓްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މިއެކްސްޕޯގައި ބައިވެރިވެލައްވަން ޝަޢުޤްވެރިވާ ފަރާތްތަކަށް މިފުރުޟަތު ހުޅުވާލާފައިވާކަން އާއްމުކޮށް އިޢުލާންކުރީމެވެ.
އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވާ ތަން: |
ހުރަވީ ސްކޫލް (ހުޅުމާލެ) |
އެކްސްޕޯ ބާއްވާ ތާރީޙް: |
6 – 8 ޑިސެމްބަރ 2019 |
އެކްސްޕޯގައި ބައިވެރިކުރެވޭ ތަކެތި: |
|
ސުންގަޑި: 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި |
|
އެކްޕޯގައި ބައިވެރިވުމަށް އެދޭފަރާތްތަކުން[email protected] އަށް އީމެއިލް ފޮނުވާދެއްވުން އެމެމެވެ. އެކްޕޯއާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ މިނިސްޓްރީގެ ނަންބަރު 3339276 ފޯނާ ގުޅުއްވުން އެދެމެވެ. |