ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ނަންބަރު:WAMCO-HR/IUL/2019/ 073

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ޑްރައިވަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


އެސިސްޓެންޓް

މުސާރައާއި ޢިނާޔަތްތައް

މަހަކު -/8,000 އާއި -/ 12,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ލައިސަންސް ކެޓަގަރީ އަދި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ގްރޭޓަރ މާލެ އޮޕަރޭޝަންސް (ހައުސްހޯލްޑް، ކޮމާޝަލް)

ބޭނުންވާ އަދަދު

05

ޝަރުޠު

 1. ދިވެހިރާއްޖޭގެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ C0 ނުވަތަ  C2ފާސް އޮތުމާއެކު، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
 2. ތަޢުލީމީ ފެންވަރު އެންމެ ދަށްވެގެން 7 ގެ ފެންވަރު ހުރުން ނުވަތަ ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
 3. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން؛
 4. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން؛
 5. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 1. ކޯޕަރޭޝަނުން ކުނި އުފުލުމަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
 2. ލޭންޑިނގް ކްރާފްޓްތަކުން ގެނެވޭ ކުނި ޑިސްޕޯސްކުރުމަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
 3. ދަތުރުތަކުގައާއި، މަގުމަތީގައި އޮންނަ ވަގުތުތަކުގައި އުޅަނދު ސާފުކޮށް ބެލެހެއްޓުން އަދި ކަމާ ގުޅުންހުރި ރިޕޯޓުތައް ތައްޔާރުކުރުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
 4. ދަތުރުފަތުރުކުރުމުގައްޔާއި، މަގުމަތީގައި އޮންނަ ވަގުތުތަކުގައި އުޅަނދަށް ލިބޭ ގެއްލުންތައް ބެލުމާއި، ހާދިސާއެއް ދިމާވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ރިޕޯޓުކުރުން.
 5. އުޅަނދަށް ބޭނުންވާ ތެޔޮ އެޅުމާއި، ކަމާ ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓުން.
 6. އުޅަނދުގެ ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
 7. އުޅަނދުގެ ދަތުރުގެ ލޮގު ބެލެހެއްޓުމާއި، ތެލާއި ދަތުރު މީޓަރު ދިމާވޭތޯ ބެލުމާއި ރިޕޯޓްކުރުން.
 8. ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި ރަނގަޅަށް މުޢާމަލާތުކުރުން.
 9. ރާއްޖޭގައި ހެދިފައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އިޙުތިރާމްކޮށް ޢަމަލުކުރުން.
 10. އޮފީހުގެ އެހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
 11. މިނޫންވެސް ކުންފުނިން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ލައިސަންސް އަދި ތަޖުރިބާ؛
 • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
 • އިންޓަރވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

 1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
 2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
 3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
 4. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
 7. ލިބިފައިވާ ލައިސަންސް ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2019 ނޮވެންބަރު 19 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2019 ނޮވެންބަރު 20 ން 2019 ނޮވެންބަރު 24 އަށް ކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ފޯނަށް ގުޅުއްވުން އެދެމެވެ.

16 ރަބީއުލްއައްވަލް 1441

13  ނޮވެންބަރު 2019

 

13 ނޮވެންބަރު 2019
ހޯދާ