ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ / ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

މަޤާމު

އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ

މުއްދަތު

03 މަސްދުވަސް

މަޤާމުގެ ރޭންކް

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

މުސާރަ

-/4465 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް

-/1500 ރުފިޔާ (މަހަކު)

ސަޕޯޓިންގ ކޯ އެލަވަންސް 2

-/700 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް

 1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 2. ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ރިސްކް އެލަވަންސާއި ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެއެވެ.

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 1. އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅުއްވަފަރާތްތަކަށް އިޙުތިރާމާއިއެކު ޖަވާބުދަރިވުމާއި، އަންނަ ކޯލްތަކަށް ޖަވާބުދީ އެޕޮއިންޓްމަންޓްގެ އެންމެހައިކަންތައް ހަމަޖެއްސުން.  އަދި އެފަރާތްތަކަށް ކަމާއި ގުޅޭ ހުރިހާމަޢުލޫމަތު ފޯރުކޮށްދިނުން.
 2. އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތައް ޤަވާޢިދާއި އެއްގޮތަށް ރަޖިސްޓްރީކޮށް ކަޑައެޅިފައިވާ ތަރުތީބުން މެމޯދުކުރުން
 3. ރަޖިސްޓްރީކުރުމާއި ނަމްބަރ ދޫކުރުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ނަމްބަރ ދޫކުރަން ފެށުމުގެ ކުރިން މަސައްކަތަށް ބުރުނާރާނެ ގޮތަކަށް ހަމަޖައްސާފައި ބޭއްވުން، ކޮންމެ ޝިފްޓެއގައިވެސް ޑިއުޓީއަށް އައިސް ހޭންޑްއޯވަރ ނެގުމަށްފަހު ލަސްނުކޮށް ދުވަހުގެ މަސައްކަތަށް ތައްޔާރުވުން.
 4. އެޕޮއިންޓްމެންޓް ހެދުމަށާއި މެމޯ ދޫކުރުމަށް ކަޑައެޅިފައިވާ ގަޑީގައި އެމަސއްކަތް ފޭށޭނެގޮތަކަށް އިންތިޒާމްކުރުން. މަގުބޫލު އެއްވެސް ސަބަބަކާ ނުލާ ކަޑައެޅިފައިވާ ގަޑީގާ ޚިދުމަތް ނުދެވި ލަސްވެގެންނުވާނެގޮތަކަށް އިންތިޒާމްކުރުން
 5. ފައިލްކުރަންޖެހޭ އެންމެހައި ރިކޯޑްތައް ތަރުތީބުން ފައިލްކޮށްބެލެހެއްޓުން
 6. އެމްބިއުލަންސްގެ ޚިދްމަތަށް އެދޭފަރާތްތަކަށް އެޚިދްމަތަށް މަގުފަހިކޮށް ދިނުމާއެކު ، ލަސްނުކޮށް ޚިދުމަތްލިބޭނެގޮތް ހަމަޖެއްސުމައެކު  ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން ، އެމްބިއުލަންސްގެ ދަތުރުތައް ލިއުމަށްހަމަޖެހިފައިވާ ފޮތުގާ ގަވާއިދުން ނޯޓްކުރުމާއި ،ނޯޓްކުރުވުމަށް މަސއްކަތްކުރުން. 
 7. މެޑިކަލް ސަރޓިފިކެޓް /ޑިސްޗާރޖް ސަމަރި ރިފަރެލްފަދަ ތަކެތި ޓައިޕްކުރުން.
 8. ރަޖިސްޓްރޭޝަނުގައި ހިގާ ކޮންމެ މަސައްކަތެއްވެސް ކުރަންޖެހިދާނެތީވެ (ކޭޝިއަރ،ތަރުޖަމާނު،ޕީ.އާރު.އޯ މަސައްކަތް) ހުރިހާ މަސައްކަތް ހިގަމުންދާގޮތުގެ މަޢުލޫމާތު ލިބި އެކަންކުރެވޭނެ މިންވަރަށް މަސައްކަތަށް އަހުލުވެރިވެފައި ހުރުން  
 9. މަޤާމުގެ މަސައްކަތާއި ގުޅިގެން އަންނަ ބަދަލުތަކާއި ގަވާއިދުތަކަށް އަންނަ ބަދަލު އޮޅުންފިލުވާ މަސައްކަތަށް އަހުލުވެރި މުވައްޒަފަކަށްވުމަށް އަމިއްލަޔަށް މަސައްކަތްކުރުން
 10. ޑިއުޓީގަޑީގައި މުވައްޒަފަކު ސަލާމްބުނެފިނަމަ ނުވަތަ އެނޫންވެސް ސަބަކާއިހުރެ އެމުވައްޒަފުގެ މަސައްކަތް ކުރަންހަވާލުވެއްޖެނަމަ އެމަސައްކަތް ޤަވާޢިދާއި އެއްގޮތަށް ކުރުން
 11. ރަޖިސްޓްރޭޝަނުގައި ހުންނަ ކީބޯރޑް(ހޮސްޕިޓަލުގެ ތަންތާގެ ތަޅުދަޑިތައް ބަހައްޓާފައި ހުންނަ) ގެ ތަޅުދަޑި ޙަވާލުކުރެވިއްޖެނަމަ ތަޅުދަޑި ދޫކުރުމާއި ޙަވާލުވުމުގައި ހޮސްޕިޓަލުން ހަމަޖައްސަފައިވަ ގަވާއިދާ އެއްގޮތަސް އެކަންކުރުން.
 12. ހޮސްޕިޓަލަށް ޚިދުމަތް ހޯދުމަށާއި އެކި ބޭނުންތަކަށް އަންނަ މީހުންނާއި މުޙާތަބުކޮށް ވާހަކަ ދެއްކުމުގާ ނުވަތަ އެހީތެރިވުމުގާ މަޑުމައިތިރިކަމާއި  އިޙުތިރަމާއެކު ރީތި ބަހުން ވާހަކަ ދެއްކުމާއި މީހަކު ނުރުހުންތެރިކަމާއެކު ވާހަކަދެއްކި ނަމަވެސް، އެފަރާތްތަކާއިމެދު ވިހާވެސްރަގަޅަށް ކަންތައްކުރުން. 
 13. ހޮސްޕިޓަލަކީ 24 ގަޑި އިރު ޚިދުމަތްދޭތަނަކަށްވެފާ ހޮސްޕިޓަލުގެ ރެޖިސްޓްރޭޝަނުގާ މަސައްކަތްކުރަ ހުރިހާމުވައްޒަފުންނަކީވެސް 24 ގަޑިއިރު ( ހުރިހާ ދަންފަޅިއެއްގާވެސް ) މަސައްކަތްކުރަންޖެހޭ މުވައްޒަފުންކަން ދަނެ، ޑިއުޓީ ރޯސްޓަރގައި ކަޑައެޅިފައިވާ އެމީހެއގެ ޑިއުޓީއަށް ހާޒިރުވުމަކީ ކޮންމެ މުވައްޒަފަކުވެސް ކުރަންޖެހޭނެކަމެއް.
 14. ރަޖިސްޓްރޭޝަނުގެ މަސައްކަތް ހިގަމުންދާގޮތުން،ނުވަތަ މުވައްޒަފުން މަދުވެ އިތުރު މުވައްޒަފުންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގާ، އެމުވައްޒަފެއްގެ  އޮފް ދުވަހަކުވެސް މަސައްކަތަށް ނިކުންނަން އެންގިއްޖެނަމަ ޑިއުޓީއަށް ނިކުންނަންވަނެއެވެ. އަދި މިފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށްބަލާ ފަސޭހައިން ގުޅޭނެ ގޮތެއް ހަމަޖައްސާފަހުރުން.
 15. ޑިއުޓީގަޑިއަކީ ރައްޔިތުންގެ ޚިދްމަތުގައި މަސައްކަތްކުރަންތިބޭ ގަޑިއެއްކަމުން ސެކްޝަނުގެ މަސައްކަތާއި ނުގުޅޭ އެއްވެސް ކަމަކަށް ވަގުތުހުސްކޮށްގެން ނުތިބުން
 16. ޚިދްމަތްދޭން ތިބޭ ގަޑީގައި މުޖުތަމަޢުގެ އަދަބާއި ޚިލާފުނުވާފަދައިން ރީތިކޮށް ހެދުން އެޅުން، އަދި ހޮސްޕިޓަލަށް އަންނަ ފަރާތްތަކާއި އެންމެ ފުރަތަމަ ބައްދަލުވާނީ ރަޖިސްޓްރޭޝަނުގެ މުވައްޒަފުންނާއި ކަމަށްވުމުން އެފަރާތްތަކަށް ހިނިތުންވުމައެކު މަރުޙާބާކިއުން.އެކި ކަންކަމުގަ ކިދުމަތް ހޯދުމަށް ކައުންޓަރުގަ މީހުން ތިބޭވަގުތުތަކުގާ ބާރަށް ވާހަކަ ދައްކާ ހީސަމާސާކޮށް ސަކަރާތްޖަހާ ނުހެދުން
 17.  އަދި ރަޖިސްޓްރޭޝަން ކައުންޓަރގައި މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި ކަމާއި ނުބެހޭ އެހެން މުވައްޒަފުން ކައުންޓަރތެރޭގައި ތިއްބަވާނަމަ އެކަން ހުއްޓުވުމަށް މަސައްކަތްކުރުން.
 18. ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވުން
 19. ޙަވާލުކުރެވޭ މަސައްކަތާއި ގުޅިގެން އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން، މަސައްކަތައިގުޅުންހުރި މަޢުލޫމަތުތައްހޯދާ ލިބިގަނެ އެފަދަ މަޢުލޫމާތުތަކަށް އަހުލުވެރި މުވައްޒަފަކަށް ވުމަށް މަސއްކަތްކުރުން. އަދި ސެކްޝަނުން ޙާވާލުކުރެވޭ ވަކި މަސައްކަތްތަކާއި ،ހޮސްޕިޓަލާއި އޮފީހުގައި ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްކުރުން'
 20. ހިތަދޫރީޖަނަލްހޮސްޕިޓަލްގެ  ޞިއްޙީ ޚިދްމަތްދޭ ތަންތަނުގައި ހިންގޭ މަސައްކަތްތަކުގައި އެހީތެރިކަމެއްބޭނުންވެއްޖެނަމަ ފުރިހަމައެއްބާރުލުމާއި އެހީތެރިކަން ދިނުން .
 21. އެކި  ބޭނުންތަކުގައި އަންނަ މުވައްޒަފުންނާއި، ހޮސްޕިޓަލުގެ ދަށުންހިންގޭ އެހެނިހެން ޞިއްޙީޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އަދި އެހެނިހެން މީހުންނަށްވެސް އިޚްތިރާމާއި ހިތްހެޔޮކަމާއެކު މުޢާމަލާތުކުރުން
 22. ހޮސްޕިޓަލުން ޚިދުމަތްދެވެން ނެތިގެން / ހާލުބޮޑުވެގެން މާލޭ އަށް ނުވަތަ އެހެންތަނަކަށްވެސް ޑޮކްޓަރ ބަލިމީހަކު ރިފަރކުރައްވައިފިނަމަ އެކަމަކާއި ގުޅިގެން ކުރްނަޖެހޭ އެންމެހާކަންތައް ލަސްނުކުރައްވާ ހަމަޖެހިފައިއޮންނަ  އުސޫލުން ވީހާވެސް އަވަހަކަށް ކުރުން . އަދި އެކަންތައް ކުރިއަށްދާގޮތް ބަލިމީހާގެ އާއިލާގެ މީހުންނަށް ސާފުކޮށް ބުނެދިނުން
 23. ހޮސްޕިޓަލުން އަގުނަގާގޮތަށް ހަމަޖެހިފައިވާ  ހިދުމަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ބަލއިގަތުން
 24. ހިދުމަތުގެ އަގުނެގުމުގައި އަގު ކަނޑައަޅާފައިވާ ލިސްޓްގައިވާ ގޮތުގެ މަތީން އަގުނެގުން، އަދި ލިސްޓްގައި އަގު ކަނޑައެޅިފައި ނެތް ހިދުމަތެއް ދޭން ޖެހިއްޖެނަމަ، ޑިޕާޓްމަންޓްގެ އިސްވެރިޔަކަށް ދައްނަވައިގެން އަގު ސާފުކުރުމަށްފަހު އަގުނެގުން.
 25. އާންމުކޮށް ބިލްހަދާގޮތަށް އޮފީހުން ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވައި ، ފަހުން އަގުދައްކާގޮތަށް އެއްވެސް ފަރާތަކަށް ހިދުމަތެއްދޭނަމަ އެފަރާތްތަކުން އެހިދުމަތަށް އެދުނު ލިއުންހޯދާ ވެރިޔަކަށް ދަންނަވާ ހުއްދަހޯދުން.
 26. ކޮންމެދުވަހަކުވެސް ހެދޭ ބިލްތައް  ( އިންޕޭޝަންޓް އައުޓް ޕޭޝަންޓު ވަކިން ) އަނެއްދުވަހު ހެދުނު އޮފިހުގެ ފައިނޭންސް ސެކްޝަނަށް ހަވާލުކުރުން.
 27. ފައިސާ ބަލައިގަތުމާއި މަސއްކަތާއިގުޅޭ އެންމެހާ  ގަވާއިދުތައް ބލާ އެގަވާއިދަށް އަހުލުވެރިވުން. އަދި އޮޅުންއަރާފަދަ ކަމެއް ދިމަވެއްޖެނަމަ ސެކުޝަނުގެ އިސްމުވައްޒަފަކާއި ގުޅައިގެން ރަނގަޅަށް  އެކަމެއް އޮޅުންފިލުވުން
 28. ކޮންމެ ދުވަހަކު ލިބޭ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ޖެހިގެން އަންނަ ދުވަހު އޮފީހުގެ ފައިނޭންސްޑިޕާޓްމެންޓްގެކަމާއިބެހޭ މުވައްޒަފާކާއި  ހަވާލުކުރުން .
 29. ފައިސާ ބަލައިގަނެ ރަސީދު ދޫކުރުމަށްފަހު ހިދުމަތް ދެވޭގޮތެއް ނުވެގެން ފައިސާ އަބުރާ ދޭންޖެހިއްޖެނަމަ، އެހިދުމަތް ދޭ ޑިޕާޓްމަންޓްގެމުވައްޒަފަކު އެހިދުމަތް ނުދެވޭ ކަމާއި، ނުދެވުނުސަބަބު ލިޔެ ސޮއިކޮށްފައިވާ ލިޔުމަކާއި އެކު ހުށަހެޅުމުން އެފައިސާ އެފަރާތަކާއި ހަވާލްކުރުން. މިގޮތުން އަނބުރާދެވޭ ފައިސާގެ ރަސީދުގެ އަސްލު އެފަރާތުން ހޯދާ، ރަސީދުގެ ކޮޕީއާއި އެކު ހީރަސްޖަހާ، އެރަސީދުގައިވާ ފައިސާ އަނބުރާ ހަވާލްކުރެވުނުކަމަށް ބިލްގައިލިޔެ އެވަގުތު ސެކްޝަންގެ ޝިފްޓު އިންޗާރޖަކަސްހުރި މުވައްޒަފަކު ލައްވަ ސޮއިކުރުވުން. (އަދި މިގޮތަށް އަނބުރާ ފައިސާދެވޭނީ އެދުވަހެއްގައި ހެދިފައިވަ ރަސީދަކަށް އެދުވަހު ފައިސާދޭ ގޮތަށެވެ.)
 30. އަގުނަގާ ހިދުމަތްތަކަށް އަގުނެގުމުގައި ރިކުއެސްޓް ފޯމް ނުވަތަ މެމޯ ގެނައުމުން އޭގައިވާ ހިދުމަތަށް އަގުނެގުން، އޮޕަރޭޝަން ތިއޭޓަރާއި، ވޯޑުތަކާއި، ފަރުވާދޭ ކޮޓަރިން ދެވޭ ހިދުމަތަށް އަގުނަގާނީ "ސަރވިސް ނޮޓިފިކޭޝަން ސްލިޕް" ގެނައުމުން އެއަށް ބަލައިގެންނެވެ. އަދި މިއުސޫލަށް އިތުރު ބަދަލެއް އަތުވެއްޖެނަމަ ، އެބަދަލަކާއި ގުޅޭގޮތުން ޑިޕާޓްމަންޓުން އަންގާގޮތަކަށް ފައިސާ ބަލައިގަތުމުގައި އަމަލުކުރުން.
 31. ފައިސާ ބަލއިގަންނަ ތައްގަނޑު ކޭޝިއަރެއްގެ ބެލުމުގެ ދަށުގައި ރައްކާތެރި ކަމާއި އެކު ބޭއްވުން.
 32. ފައިސާއިން އަގުނަގާ ބަލިމީހުންނާއި ،އާސަންދަ ނުވަތަ އެނޫންވެސް އިންޝުއަރެންސް އެއްގައި ހިމެނޭ މީހުނގެ އެޑްމިޝަން ޑިސްޗާޖް  އެގޭގޮތަށް ބެލެހެއްޓުން
 33. ކޭޝިއަރުންގެ ޑިއުޓީއާއި ހަވާލުކުރެވިއްޖެނަމަ ތިޖޫރީ އާއި ވައްގަޑުގައި ހުންނަ ފައިސާ ، ތަފްސީލް އެގޭގޮތަށް ފޮތެއްގައި ލިޔެ ހޭންޑް އޯވަރ ދިނުން ، އަދި ތައްގަޑާއި ތަޅުދަޑިތަކާއި ކޭޝިއަރގެ ޙަވާލުގައި ހުންނަ ހުރިހާތަކެއްޗައި ލިއުމުން ޙަވާލުވުން / ހަވާލުކުރުން
 34. ހިދުމަތުގެ އަގުކަނޑައެޅިފައިވާ އަގުލިސްޓާއި އެއްގޮތަށް އަގުނެގުން
 35. އިންޓަނެޓުގެ ޚިދުމަތް ހެޔޮގޮތުގައި ބޭނުންކޮސް މަސައްކަތަށް ބޭނުންވާ އިތުރު މަޢުލޫމާތުހޯދާ މުވައްޒަފަކަށް ވުމަށް މަސައްކަތްކުރުން.
 36. އާސަންދައިގެ ޚިދުމަތާއިގުޅޭ މަޢުލޫމާތުތައް ހޯދާ ލިބިގަތުން
 37. ސެކްޝަނުންކުރާ މަސައްކަތުގެތެރެއިން ކަޑައެޅޭ ވަކިމަސައްކަތެއް ކުރުމާއި ބެލެހެއްޓުމަށް ހަވާލުކުރެވިއްޖެނަމަ އެމަސައްކަތެއްކުރުމާއި އަދި އެމަސައްކަތެއް ހިންގާ ބެލެހެއްޓުން
 38. އިންޕޭޝެންޓުންނާއި ގުޅޭ މަޢުލޫމާތުތައް ހޯދާ ލިބިގަތުން. ކޮންމެ ދުވަހަކުވެސް ވޯޑަށް ޒިޔާރަތް ކުރުމާއެކު ރެންޑަމްކޮށް ބަލިމީނުންނާއި ސުވާލުކޮށް ޚިދުމަތުގެ ފެންވަރު ދަނެގަތުން. (މިގޮތުން ވޯޑް ރައުންޑް ގަޑިން ހެދޭތޯއާއި ނަރުހުންގެ ޚިދްމަތާއި އެނދުފޮތި ބަދަލުކުރެވޭތޯ ބެލުން.

މަޤާމުގެ ޝަރުތުތައް

 1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އޮފީސް ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.  

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ނޮވެމްބަރު 2019 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 ނޮވެމްބަރު 2019 އާއި 26 ނޮވެމްބަރު 2019 އާ ދެމެދު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6885045 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

13 ނޮވެންބަރު 2019
ހޯދާ