މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.އަތޮޅުގެ (ސްޓޭޓް ހައުސް) މަރާމާތުކުރުން

މިއަތޮޅު އަތޮޅުގެ (ސްޓޭޓް ހައުސް) މަރާމާތުކޮށްދޭނެފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރ: (IUL)236-IED/236/2019/12 އިޢުލާނާއި ގުޅިގެން އެންމެ ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވާތީ އެ އިޢުލާން ބާތިލްކޮށް ދެވަނަފަހަރަށް މި މަސައްކަތްކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ނަންބަރ:         R-1010/2019 2019 މާރޗް 30 ގައިވާގޮތުގެމަތީން ރަޖިސްޓްރީވެ މި ޕްރޮޖެކްޓްގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން 2019 ނޮވެމްބަރ 7 އިން 2019 ނޮވެމްބަރ 12 އަށް ރަޖިސްޓްރީވުމަށް 6720600 ނަންބަރ ފޯނާ ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓު ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

މި މަސައްކަތާއިބެހޭ އެންމެހާ ލިޔުންތައް 2019 ނޮވެމްބަރ 12 އިން ފެށިގެން މިއިދާރާގެ ވެބްސައިޓް meem.gov.mv އިން ޑައުންލޯޑް ކުރެވެންހުންނާނެއެވެ. އަދި ބީލަމާގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 25000.00ރ (ފަންސަވީސްހާސް ރުފިޔާ) (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓަރ) ހުށަހަޅަންވާނެއެވެ. ބިޑްސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުންފެށިގެން 148 ދުވަހެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ނޮވެމްބަރ 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ހޯމްއެފެއާޒްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ނޮވެމްބަރ 21 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ހޯމްއެފެއާޒްއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

07 ނޮވެންބަރު 2019
ހޯދާ