މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިންފޮމޭޝަން ސިސްޓަމް އާކިޓެކްޓް

 

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                 އިޢުލާންނަންބަރު:IUL)MMPRC-HA/1/2019/83)

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: އިންފޮމޭޝަން ސިސްޓަމް އާކިޓެކްޓް

މުސާރަ (މަހަކު):-/11,400 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/3,800 ރުފިޔާ މަހަކު

ޑެއިލީ އެލަވެންސް: -/3,800 ރުފިޔާ މަހަކު

-  އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ

ބޭނުންވާ އަދަދު: 1

 1 - ޝަރުޠު:

   މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރި/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު: 

  ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން، (ނުވަތަ) 

   ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ހިންގުމުގެ ދާއިރާގައި ސީނިއަރ މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (ނުވަތަ) 

   ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ހިންގުމުގެ ދާއިރާގައި ސީނިއަރ މަޤާމެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

  

މިމަޤާމަށް މީހުން ހޮވުމުގައި ތިރީގައިއެވާ ފަންނުތައް ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 - ވިންޑޯސް ސާރވާ މެނޭޖްމަންޓް، ނެޓުވޯކިން، ހާޑުވެއަރ، ސޮފްޓްވެއަރ އަދި ޕްރޮގްރާމިން އިނގުން.

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

-  ކޮންޕިއުޓަރ ހާޑްވެއަރ، ސޮފްޓްވެއާ އަދި ނެޓުވޯކު އެޅުމާއި ކޮންފިގަރ ކުރުން.

-  ކޮންޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ސިސްޓަމްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

-  މުވައްޒަފުންގެ ކުރެޑެންޝިއަލްސްއާއި އެކްސެސް ޕްލޭންގެ ސެޓަޕް ހެދުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.

-  ވިންޑޯސް ސާރވާ 2012 ބޭނުންކޮށްގެން ފިސިކަލް އަދި ވާރޗުއަލް ސާރވާތައް ބެލެހެއްޓުން

-  ވިންޑޯސް ސާރވާ 2012 ބޭނުންކޮށްގެން އެސްސީއެމް މެދުވެރިކޮށޮ ވަލްނަރބިލިޓީ މެނޭޖްކުރުމާއި ޕެޗްއަޕްޑޭޓުކުރުން.

-  ކުންފުނީގެ އެކްޓިވް ޑޮމެއިން އަދި އެކްޓިވް ޑައިރެކްޓްރީ ބެލެހެއްޓުން.

-  އެމް.އެސް.އެސް.ކިޔު.އެލް އަދި އެމް.ވައި.އެސް.ކިޔު.އެލް. ސާރވާ، ވިންޑޯސް ކުލަސްޓަރިން، ޑޮމެއިން ކޮންޓްރޯލާ ސެޓަޕް އަދި ގުރޫޕް ޕޮލިސީ އެނގުން.

-  ސާރވާގެ ޑާޓާ ރިޓެންޝަން ޕޮލިސީތައް ހެދުމާއި ބެލެހެއްޓުން.

-  ކުންފުނީގެ ފަޔަރވޯލް ކޮންފިގަރ ކުރުމާއި ބެލެހެއްޓުން.

-  ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަނުގެ ޚިދުމަތްތަކާ ގުޅުންހުރި ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ފޯމް ފޮނުވަންވީ ތާރީޚާއި ތަން: 18 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، މި ކޯޕަރޭޝަން (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އަށް

 ހުށައަޅަންޖެހޭ ލިޔުންތައް

-  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ).

-  ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

ުއިތުރު މަޢްލޫމާތ

  • ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އަންގައި ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯދުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މި ލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.

އެޑްރެސް ކުރައްވާނީ:

ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

06 ނޮވެންބަރު 2019
ހޯދާ