މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިއިދާރާގެ ތިރީގައި މިދަންނަވާ މަގާމަށް މީހަކު ހޯދުމަށް ބޭނުން ވެއްޖެއެވެ.

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-266300

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 1

މަޤާމުގެ ކުލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓު (ޔުނިޓް އޭ)

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2

މަހަކު -/700 ރުފިޔާ

އެހެނިހެން އެލަވަންސް

1-ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް.

2-ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

3-ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

  1. މި އިދާރާއިން ބަލަހައްޓަންޖެހޭ އެންމެހައި ޕްރޮޖެކްޓްތަކާ ބެހޭ އިދާރީ މަސައްކަތްތައް ކުރުމާއި ތަރައްޤީގެ މަޝްރޫޢުތަކާއި އެކިއެކި ޕްރޮޖެކްޓްގެ މަސައްކަތްތައް، ކަނޑައެޅި ހަމަޖެހިފައިވާ ގޮތުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާ އަށާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ހަދާ ކަނޑައެޅޭ ތާރީޚުތަކަށް ފޮނުވާ ބެލެހެއްޓުމާއި، ރަށުގެ ތަރައްޤީގެ ޕްލޭނުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެހެން ދާއިރާއަކާ ހަވާލު ނުކޮށް ހުންނަ މަޝްރޫޢުތައް ކަނޑައެޅިފައިވާ ގޮތުގެ މަތިން ކުރުން.
  3. ތަރައްޤީގެ މަޝްރޫއުތަކަށް އެކުލަވާލާފައިވާ ޕްލޭނާއި އެއްގޮތަށް މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުމާއި، ރަށުގައި ހިންގަމުން ގެންދާ ރަށުގެ ތަރައްޤީއާއި ގުޅޭ އެކިއެކި މަޝްރޫޢުތައް މޮނިޓަރ ކުރުމާއި މޮނިޓަރިންގ ރިޕޯރޓާއި މަޝްރޫޢުތަކުގެ ރިޕޯޓްތައް ޤަޥާޢިދުންހަދާ ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުން.
  4. ރަށު ކައުންސިލުން އެކުލަވާލާ އަތޮޅު ކައުންސިލަށް ފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތް ކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޒު ކުރުމަށް ރަށު ކައުންސިލާ ޙަވާލުކުރާ  ތަރައްޤީގެ މަޝްރޫޢްތައް ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ތަންފީޒު ކުރުން.
  5. ކައުންސިލުން ހިންގަން ނިންމާފައިވާ ތަރައްޤިގެ މަޝްރޫޢުތަކުގެ ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ކައުންސިލުން ހިންގާ އިޤްތިޞާދީ، އިޖުތިމާޢީ  އަދި މިނޫންވެސް ތަރައްޤީގެ މަޝްރޫޢުތައް ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ މަތިން ވިލަރެސްކޮށް އެމަޝްރޫޢުއެއް ފެށިގެން ނިމެންދެން ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

މަޤާމުގެމަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށު ކައުންސިލުން ހިންގާ ތަރައްޤީގެ އެންމެހާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ސަރުކާރުން ކައުންސިލާ ޙަވާލުކުރާ ޕްރޮޖެކްޓްތަކާބެހޭ މަސައްކަތްތައް ކުރުމާއި، ކަމާބެހޭ މިނިސްޓްރީތަކުން ރަށު ފެންވަރުގައި ހިންގުމަށް ހަމަޖައްސާ ޕްރޮޖެކްޓްތަކާއި އިވެންޓްތައް ދިރާސާކޮށް ރާވާ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ކައުންސިލުން ކަނޑައަޅާ އެކިއެކި ކަންކަމާ ގުޅިގެން ހިންގަންޖެހޭ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮޕޯޒަލްތައް ތައްޔާރު ކުރަންޖެހޭ ޕްރޮޖެކްޓްތަކަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމާއި، ކަމާގުޅޭ ފަރާތްތަކަށް ފޮނުވައި އެކަންކަމަށް ފަންޑު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކުރުމާއި ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  3. ރަށުގައި ކުރިޔަށްދާ ޕްރޮޖެކްޓްތަކުގެ މޮނިޓަރިންގ ޝެޑިއުލް ތައްޔާރުކޮށް ޝެޑިއުލްއާއި އެއްގޮތަށް ބައްދަލުވުންތައް ކުރިޔަށްގެންދިއުމުގެ މަސައްކަތް ކުރުން.
  4. ރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައި ވާނަމަ ކައުންސިލްގެ ސަމާލުކަމަށް އެކަން ގެނެސް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކަމާގުޅޭ ފަރާތްތަކަށް ރިޕޯޓް ކުރުން
  5. ރަށުގައި ހިންގިދާނެ ޕްރޮޖެކްޓްތަކަކީ ކޮބައިތޯ ބަލައި ދިރާސާކޮށް ކައުންސިލްގެ މަޝްވަރާއާއެކު ރަށަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ އެންމެހައި މަސައްކަތްތައް ކުރުމާއި، ރަށުގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް ތަފާތު ޕްރޮޖެކްޓްތައް ރާވާ ހިންގުން
  6. އަތޮޅު ކައުންސިލުން ރަށު ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ތަރައްޤީގެ އެންމެހައި ޕްރޮގްރާމްތަކެއް ބަލައި ދިރާސާކޮށް އެފަރާތުން ދޫކުރާ އެހީތަށް ހޯދުމަށް މަސައްކަތްކުރުން
  7. ކުލަބު، ޖަމިއްޔާތަކާއި ގުޅިގެން މަސައްކަތް ކުރުމާއެކު، ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. އަމިއްލަ ފަރާތްތަކުންނާއި ކުލަބު ، ޖަމްޢިއްޔާ ފަދަ ތަންތަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރަށުގައި ހިންގާ ޕްރޮޖެކްޓްތައް ހިނގާނުހިނގާގޮތް ބެލުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހިންގާ ތަރައްޤީގެ ޕްރޮގްރާމުތައް ބެލެހެއްޓުމާއި ކޮމިޓީއަށް އެހީތެރިކަން ދިނުން.
  10. ބޭރުގެ އެހީދޭ ޤައުމުތަކާ ޖަމާޢަތްތަކާ ދިވެހި ސަރުކާރާ ގުޅިގެން ރަށުގައި ހިންގާ ސަރުކާރާ ރައްޔިތުންގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  11. ހިނގާ ނިމިފައި ހުންނަ ޕްރޮޖެކްޓްތަކާ ހިނގަމުންދާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު، ޢާއްމުކުރުމާއި ޕްރޮޖެކްޓްތަކާ ބެހޭ ތަފާސްހިސާބު ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  12. ރަށުގެ ތަރައްޤީއަށް އެއްކުރަންޖެހޭ މަޢުލޫމާތުތަކާއި ތަފާސް ހިސާބު އެއްކޮށް، ތަފާސް ހިސާބާއިބެހޭ ރިޕޯޓްތައް ހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  13. ކައުންސިލް އިދާރާގެ ތަފާސް ހިސާބު ބެލެހެއްޓުމާއި، އެކިއެކި ސާރވޭތަކުގެ މަސައްކަތްތައް ބެލެހެއްޓުން.
  14. ޔުނިޓަށް އަންނަ ސިޓީ، މެސެޖު، ފޯމު، ފެކްސް އަދި އީ މެއިލް ފަދަ ތަކެތީގެ ތެރެއިން ޔުނިޓުން ފިޔަވަޅުއަޅައި ޖަވާބު ދޭންޖެހޭ ސިޓީ، މެސެޖު، ފޯމު އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބު ދިނުމާއި މަސައްކަތައި ގުޅޭ އެހެނިހެން އިދާރީ މަސައްކަތް ކުރުން
  15. މުވައްޒަފުގެ މަސައްކަތާގުޅޭ ލިޔެކިޔުންތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއެކު، ހޯދަން ބޭނުންވާ ވަގުތު ފަސޭހައިން ފެންނާނޭހެން ފައިލްކުރުމާއި، ފައިލް ސިސްޓަމް ޤާއިމްކޮށް ޤަޥާޢިދުންބެލެހެއްޓުމާއި، ގުޅުންހުރި މަސައްކަތްތަކުގެ ލިޔުންތަކާއި، ރިޕޯޓްތައް ލިޔެ ތައްޔާރުކުރުމާއި ފައިލްކުރުން
  16. ޔުނިޓަށް ނުވަތަ މުވައްޒަފުގެ މަސައްކަތަށް ބޭނުންވާ ލިޔެކިޔުންތައް ފޮޓޯ ކޮޕީ ނެގުމާއި، ބައިންޑް ކުރަންޖެހޭ ލިޔެކިޔުންތައް ބައިންޑް ކުރުމާއި ފެކްސް ކުރުމާއި މެއިލް ކުރުމާއި ބައެއް ކަހަލަ ލިޔުންތައް ފޯމެޓްކޮށް ބެލެހެއްޓުން.
  17. ކައުންސިލް އިދާރާގެ އަދި ޔުނިޓްގެ މަސައްކަތުގެ ތެރެއިން ޚާއްސަ ހާލަތުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި، ޙާއްސަ ވާޖިބުތަކުގެ އިތުރުން ދިމާވާ ކުއްލި އިމަޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ   ޙާއްސަ ކަންކަމުގައި ބައިވެރިވުން.
  18. ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަމުގެ ތެރެއިން އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސަރވިސް ޔުނިޓާއި ގުޅުންހުރި މަސައްކަތްތައް ކުރުމާއި، ޔުނިޓުން ކުރާ އެހެނިހެން މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުން

24. ކައުންސިލްގެ އަހަރީ ރިޕޯޓާއި މަސްދުވަހުގެ ރިޕޯޓުތައް ތައްޔާރުކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ދޭންޖެހޭ މަޢުލޫމާތުތައް ދިނުމާއި، މަސައްކަތާއި ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައްހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

25. ދިވެހި ސިވިލް ސަރވިސް ޤާނޫނާއި ޤަވާޢިދާއި އުޞޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނުނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލަރުންނާއި އެހެނިހެން ވެރިން އަންގަވާ މަސައްކަތްތައް ކުރުމާއި ރަށުގެ އިޖްތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުން

26. ކައުންސިލް އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ކަންތައްތައް ބެލެހެއްޓުމާއި ކައުންސިލާއި ޒިންމާދާރު ވެރިޔާއާއި ނުވަތަ ޔުނިޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތުން އައްޔަނުކުރާ މިނޫން ކޮމިޓީތަކުގައި ބައިވެރިވެ ކޮމިޓީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން

27. ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅިގެން، ޔުނިޓު ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތުން ނުވަތަ ޒިންމާދާރު ވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުމާއި، ކައުންސިލް އިދާރާގެ އެހެން މުވައްޒަފަކު ޗުއްޓީގައި ހުރުމުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ޙާޟިރުނު ނުވެވޭ ގޮތް ދިމާވެއްޖެނަމަ ޔުނިޓުގެ އިންޗާޖް ނުވަތަ ޒިންމާދާރު ވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން އެމުވައްޒަފެއްގެ މަސައްކަތް ކުރުން.

28. ކައުންސިލްގެ އިދާރާއިން އިސްނަގައިގެން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އިޖްތިމާޢީ ގޮތުން ކުރެވޭ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން.

29. ރަށަށް ދިމާވާ ކުއްލި ނުރައްކަލުގެ ވަގުތު ތަކުގައި އަދި ކައުންސިލް އިދާރާއަށް ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލް އިދާރާއިން ނިންމަވާ އުސޫލެއްގެ މަތިން ސްޕަވައިޒަރުގެ ލަފަޔާ މަޝްވަރާގެ މަތިން މަސައްކަތުގައި ކެތްތެރިކަމާއި އެކު ހަރަކާތްތެރިވުން.

މަޤާމުގެ ޝަރުޠުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ނުވަތަ ޕްރޮޖެކްޓު މެނޭޖުމަންޓު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.

6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ

8.  މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޯށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

65

35

40

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު/ ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

230

100

100

ނޯޓު: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހުންގެ ކްރެޓީރިއާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ: %45(ސާޅިސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ.

ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] ނުވަތަ [email protected]  އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކޮށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 14 ނޮވެމްބަރ 2019 އާއި 24 ނޮވެމްބަރ 2019 އާއި ދެމެދު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް އިދާރާގައެވެ.

ޝޯޓު ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، އެފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580015 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.  

                07 ރަބީޢުލްއައްވަލް 1441

04 ނޮވެންބަރު 2019
ހޯދާ