ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ރިޕޯޓެއްގެ ލޭއައުޓް ހެދުމާއި އެނިމޭޓެޑް ވީޑިއޯއެއް ހެދުން.

މި އިޢުލާންވަނީ 01 ޑިސެންބަރު 2019 0809 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

ރިޕޯޓެއްގެ ލޭއައުޓް ހެދުމާއި އެނިމޭޓެޑް ވީޑިއޯއެއް ހެދުން.

  ސުރުޚީގައި ދެންނެވިފައިވާ މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިބިއުރޯގެ ނަންބަރު. (IUL)457-AIT/2019/40 (15 އޮކްޓޯބަރު 2019 ) އިޢުލާނުގައިވާ މަސައްކަތްތަކަށް ބަދަލު އައިސްފައިވާތީވެ އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019  ނޮވެމްބަރު މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑިންގގެ 8 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ނޮވެމްބަރު 10 ވާ އާދީއްތަ ދުވަހުގެ 11:00އަށް މިބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަދި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ 2019 ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު މަތީގައި ދެންނެވިފައިވާ ގަޑިއަށް އަގު ހުށަހެޅުން އޮންނާނެވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 

-          ރިޕޯޓް ޑިޒައިންކޮށް ލޭއައުޓް ހެދުން

-          އިންފޮގްރެފިކްސް

-          2 އެނިމޭޓެޑް ވީޑިއޯ ހެދުން (1-2 މިނިޓާއި ދެމެދު)

 

މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު 3008400 ނުވަތަ 3008424 އަށް ގުޅުއްވުން އެދެމެވެ.

 

އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.

04 ނޮވެންބަރު 2019
ހޯދާ