މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ހިނގަމުންދާ ގްރީން ބިލްޑިން އިމާރާތާއި ގޯޑައުން ބިލްޑިންގެ އެއަރކޯން ސިސްޓަމް 02 އަހަރު ދުވަހަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ހިނގަމުންދާ ގްރީން ބިލްޑިން އިމާރާތާއި ގޯޑައުން ބިލްޑިންގެ އެއަރކޯން ސިސްޓަމް 02 އަހަރު ދުވަހަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓުގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 14ނޮވެމްބަރ 2019 ގެ 11:00 ގައި މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ. ބަންދުކުރެވިފައިވާ ބީލަންތައް 14 ނޮވެމްބަރ 2019 ގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

މަޝްރޫޢު ނަން:މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ހިނގަމުންދާ ގްރީން ބިލްޑިން އިމާރާތާއި ގޯޑައުން ބިލްޑިންގެ އެއަރކޯން ސިސްޓަމް 02 އަހަރު ދުވަހަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު ނަންބަރު:(IUL)438-AU/1/2019/46

 

އިތުރު މައުލޫމާތު ސާފްކުރެއްވުމަށް

ފޯނު: 3018317 960+ ، 3018316 960+ ފެކްސް: 3018301 960+

އީމެއިލް: [email protected]

 

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

31 އޮކްޓޫބަރު 2019
ހޯދާ