މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިންދޭ ސްޕެސިފިކޭޝަންއާއި އެއްގޮތަށް އައްޑު އަތޮޅު ފޭދޫ އަދި ހުޅުމީދޫގައި ފްލޯޓިންގ ޕްލެޓްފޯމްތަކެއް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

   މި ކުންފުނިންދޭ ސްޕެސިފިކޭޝަންއާއި އެއްގޮތަށް  އައްޑު އަތޮޅު ފޭދޫ އަދި ހުޅުމީދޫގައި ފްލޯޓިންގ ޕްލެޓްފޯމްތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

   ވީމާ، މިކަމަށް ޝައުގުވެރިވެލައްްވާ ފަރާތްތަކުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން މި ކުންފުނީގެ ހެޑް އޮފީހުންނާއި ސަދަން ޓްރާސްޕޯޓް ލިންކް (ފޭދޫ) ޔުނިޓުގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފު ކުރެއްވުން

     އަންދާސީ ހިސާބު ހުށަހެޅުއްވުން

  10 ނޮވެމްބަރު 2019 ވާ އާދިއްތަ ދުވަހުގެ 11:00

  17 ނޮވެމްބަރު 2019 ވާ އާދިއްތަ ދުވަހުގެ 13:00

 

   މިކަމަށް އެދި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ  ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

31 އޮކްޓޫބަރު 2019
ހޯދާ