އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިދޫކުރުމުގެ މަސައްކަތާއި ގުޅޭ

ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމުގެ މަސައްކަތާއިގުޅޭ.

            މިކައުންސިލްގެ ނަމްބަރު:(IUL)348-EM/348/2019/7(11 ފެބުރުއަރީ 2019)  އިއުލާން އަދި ނަމްބަރު:(IUL)348-EM/348/2019/33 ޢިއުލާނުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ 103 ގޯތިދޫކުރުމުގެ މަސައްކަތުގެ ތެރެއިން ދޫކުރުމަށް ކަނޑައެޅިފައިވާ ހުރިހާގޯތިތަކެއް ގޯތިލިބުނުފަތާތްތަކަށް ދޫކޮށްނިމިފައިވާތީ އދ.އޮމަދޫގެ އެންމެހާ ރައްޔިތުންގެ މަޢުލޫމާތައްޓަކައި މިކަން އާއްމުކޮށް އިޢުލާން ކުރީމެވެ.

           ވީމާ ، ރައްޔިތުންގެ ތެރެއިން އެކިއެކި ބޭނުންތަކަށް ވަލަށް ވަދެއުޅޭ ( ފަންހޯދުމާއި ، ދަރުހޯދުމަށް) އުޅޭފަރާތްތަކުން ، މީސްމީހުންނަށް ދޫކޮށްފައިވާ ގޯތިތަކުގެތެރެއަށް އެފަރާތްތަކުގެ އިޢުތިރާޒް ނެތިވަދެނޫޅުމަށް ދެންނެވީމެވެ.

           ވީމާ ، މިކަން އދ.އޮމަދޫގެ އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

30 އޮކްޓޫބަރު 2019
ހޯދާ