ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ުޑަކުދިންގެ ޕާކުގައި ބައެއް މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

                އަމިއްލަ ތަކެތީގައި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ތިރީގައިވާ މި ވާ މަސައްކަތްތައް ނިނޯސް ޕާކުގައި (އޮޅުވެލިފުށީ ކުޑަކުދިންގެ ޕާކު) ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

1- ޕާކުގައި ވޯކްވޭ އެއް ހެދުން

2- ޕާކަށް ފެންހޮޅިއެއް ވަޔަރުކުރުން

3- ޕާކުގައި އިށީންނަ ބެންޗުތަކެއް ހެދުން

4- ޕާކުގެ ފާރުތަކުގައި ކުލަލުން

                ވީމާ މި މަސައްކަތްތަށް ކުރުމަށް  ސައުޤުވެރިވާ ފަރާތްތަކުން، މައުލޫމާތު ސާފުކޮށް، ބިޑު ޑޮކިއުމެންޓް ފުރިހަމަ ކުރަށްވައި، ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތުދިނުމަށްބާއްވާ ޕުރީބިޑް މީޓިން

މަޢުލޫމާތުދިނުމަށްބާއްވާ ޕުރީބިޑް މީޓިން އޮންނާނީ 2019 ނޮވެންބަރު 06 ވާ ބުދަ  ދުވަހު 11:00 ގައި އޮޅުވެލިފުށީ ކައުންސިލް އިދާރަގައެވެ.  މަޢުލޫމާތު ކަރުދާހުގެ އަގަކީ -/20 ރުފިޔާއެވެ.

އަންދާސީ ހިސާބު ބަލައިގަތުމަށް ބާއްވާ ބިޑު އޯޕަން މީޓިން

 

އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2019 ނޮވެންބަރު 10 ވާ އާދިއްތަ ދުވަހު11:00  އޮޅުވެލިފުށި ކައުންސިލް އިދާރާގައެވެ.

މި އިއުލާނަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ

30 އޮކްޓޫބަރު 2019
ހޯދާ