މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2020 ވަނަ އަހަރު ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްކުރުމާ ގުޅޭ:

އިޢުލާން

1 - 2020 ވަނަ އަހަރު ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ، ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތްތަކުން މިމިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލަމެވެ.

2 - މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެންބަރު 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން "ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ހ. ވެލާނާގެ 8 ވަނަ ފަންގިފިލާގައި ހުންނަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

3 - އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނަމަ  "ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު 6 ވަނަ ނަންބަރު ގައިވާ އީމެއިލްއަށް ފޮނުއްވުމަށް ދެންނެވީމެވެ.

4 - 2019 ވަނަ އަހަރު ދަރިވަރުންނަށް ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންވެސް 2020 ވަނަ އަހަރަށް އަލުން ރަޖިސްޓްރީ ކުރަންޖެހޭނެ ވާހަކަ ދެންނެވީމެވެ.

5 - މިއިޢުލާނާއެކު "ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" އެޓޭޗް ކުރެވިފައިވާނެއެވެ.

6 - އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341403, 3341436

އީ-މެއިލް: [email protected]

ކޮޕީ-މެއިލް:  [email protected]

27 އޮކްޓޫބަރު 2019
ހޯދާ