ހުރަވީ ސްކޫލް، ހުޅުމާލެ
ދިވެހިރާއްޖެ
ޗެސް ޕޫލް ހިންގާނެ ފަރާތެއް ހޯދުމަށް

ކުޅިވަރު ޕޫލްތައް ހިންގާނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެ

ހުރަވީ ސްކޫލުގެ ޗެސް ޕޫލް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

ވީމާ ހުރަވީ ސްކޫލުގެ ދަރިވަރުންނަށް ޗެސް ޕޫލް  ހިންގުމަށް ޝައުޤުވެރިވާ ތިރީގައި މިދަންނަވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން  27 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން 31 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޗެސް ޕޫލްގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު 6 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ސުކޫލަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.  މި އިޢުލާނާއެކު ޕޫލް ކުރިޔަށްގެންދާނެ ގޮތުގެ މައުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިމުއްދަތުގައި ރެޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ޗެސް ޕޫލަށް ޕްރޮޕޯސަލް ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ. 

  • ޕްރޮޕޯސަލް ހުށަހަޅާ ކުޅިވަރު ކުރިއަރުވާ މުބާރަތްތައް ރާވާ ހިންގާ ކުލަބު ޖަމުޢިއްޔާ އަކަށްވުން.
  • ކުލަބު ޖަމުޢިއްޔާ އަކީ ދިވެހިރާއްޖޭގެ ސްޕޯޓްސް ކައުންސިލް ގައި ރެޖިސްޓްރީ ވެފައިވާ ޖަމުޢިއްޔާ އަކަށްވުން
  • ޖަމިއްޔާގައި ދަށްވެގެން 'ސީ' ލައިސަންސް ކޯޗަކު ހުރުން.
24 އޮކްޓޫބަރު 2019
ހޯދާ