މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Administrative Officer - Contratct

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މި އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް

މަޤާމުގެ ގިންތި:

06 މަސް ދުވަސް

ކޮންޓްރެކްޓްގެ މުއްދަތު:

25 މެއި 2020

ކޮންޓްރެކްޓް ހަމަވާ ތާރީޙް:

ޖީ.އެސް.3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ކޯޕަރޭޓް އެފެއަރޒް (މެނޭޖޭރިއަލް ސަޕޯރޓް)

ސެކްޝަން:

މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ

މަޤާމް އޮތް އޮފީސް:

މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/4465 ރުފިޔާ

މުސާރަ:

-/1500 ރުފިޔާ

ސަރވިސް އެލެވަންސް:

-/700 ރުފިޔާ

ސަޕޯޓިންގ ކޯ-އެލަވަންސް:

 

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

     

އިތުރު ޢިނާޔަތްތައް:

 

01. ކައުންސިލްގެ އަހަރީ ރިޕޯޓް ހެދުން.

02. ސަރުކާރުންނާއި ކައުންސިލްގެ ފަރާތުން ފާހަގަކުރާ އެކިއެކި ދުވަސްތަކާއި މުނާސަބަތުތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.

03. ކައުންސިލް ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ލިޔެ ބެލެހެއްޓުން.

04. ކައުންސިލް އިދާރާގެ އެންމެހާ ލިޔެކިތުންތައް ފައިލްކޮށް ބެލެހެއްޓުން.

05. ކައުންސިލްގެ ޕާރފޯމަންސް އިވެލުއޭޝަން އިންޑެކްސް ތައްޔާރުކުރުން.

06. ކައުންސިލް އިދާރާއަށް ލިބޭ ސިޓީ، މެސެޖް އަދި އެހެނިހެން ލޔުންތައް ދުވަހުން ދުވަހަށް އެންޓރީކޮށް ކައުންސިލް އިދާރާ ހިންގަވާ ވެރިއެއް ލައްވާ ސޮއިކުރެއްވުމަށްފަހު ސެކްޝަންތަކާއި ހަވާލުކުރުމާއި އަދި އިދާރާއިން ފޮނުވަންޖެހޭ ތަކެތި ފޮނުވުން.

07. ވިހާ މަރުވާގެ ރެކޯޑްތައް ބެލެހެއްޓުން.

08. ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ހެދުމަށް ލާޒިމްކޮށްފައިވާ އެންމެހާ ރިޕޯރޓްތައް ތައްޔާރުކުރުމުގެ އިދާރީ މަސައްކަތްތައް ކުރުން.

09. އުފަންވާ ކުދިންގެ އުފަންދުވަހުގެ ރަޖިސްޓްރީ އާއި އުފަންދުވަހުގެ ސެޓްފިކެޓް ހަދައިދިނުން.

10. ކައުންސިލް ބައްދަލުވުންތަކަށް ދަންނަވާ ހެދުމާއި އެޖެންޑާ ތައްޔާރުކުރުން.

11. ކޯޕަރޭޓް ސަރވިސަސްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.

12. ހުކުރު ޝެޑިއުލް ހެދުމާއި، ހުކުރު ޙުތުބާ ނަގާ ޝެޑިއުލާއި އެއްގޮތަށް ޙަޠީބުންނާއި ހުކުރު ހަވާލުކުރުން.

   13. ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުން.

14. ކައުންސިލުން އެކިފަރާތްތަކާއި މެދު ހެދޭ އެއްބަސްވުންތައް ތައްޔާރުކުރުން.

15. އެކިއެކި ކަންކަމާއި ގުޅިގެން ކުރަންޖެހޭ އާންމު އިޢުލާންތަކާއި، ދެންނުވުންތައް ތައްޔާރުކުރުން.

16. އެކިއެކި ކަންކަމާއި ގުޅިގެން ކައުންސިލުން ދޫކުރާ ހުއްދަތައް ތައްޔާރުކުރުން.

17. ޙާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުން ދެއްވާ ފައިސާ އެފަރާތްތަކަށް ހޯދައިދިނުމުގެ އެހީތެރިކަން ފޯރުކޮށްދިނުން.

18. އައިޑެންޓިޓީ ކާޑް ހެއްދުމަށް ބޭނުންވާ ފޯމް ދޫކުރުމާއި، ފޯމް ޗެކްކުރުމާއި، އައިޑެންޓިޓީ ކާޑް ހަވާލުކުރުމާއި އައިޑެންޓިޓީ ކާޑު ހެދުމާއިބެހޭ ގޮތުން ކުރަންޖެހޭ އެންމެހާކަންތައްތައް ކުރުން.

19. ކައުންސިލް އިދާރާއަށް ހުށައެޅޭ ވައްކަމާއި މާރާމާރީއާއި އަދި މިނޫންވެސް މައްސަލަތައް ބަލައިގަނެ ހުށައަޅަންޖެހޭ ފަރާތްތަކަށް ހުށައެޅުން.

20. ކައުންސިލްގެ ބަޖެޓާއި ގުޅޭ މަސައްކަތް ހަވާލުކުރެވިއްޖެނަމަ އެމަސައްކަތް ކުރުން.

21. ކުޑަކުދިންނާއި ބެހޭ ގޮތުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

22. ކައުންސިލް އިދާރާއަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުން.

23.  ކައުންސިލުން އިންތިޒާމްކޮށް ރާވާ ހިންގާ އެންމެހާ ހަރަކާތްތަކުގައި އެޙީތެރިކަން ފޯރުކޮށްދިނުން.

24. ސެކްޝަނުން ލިޔަންޖެހޭ ސިޓީ މެސެޖް ފަދަ ތަކެތި ލިޔެ ތައްޔާރުކުރުން.

25. އޮފީހަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުމާއި،  ޕާސްކުރަންޖެހޭ ފަރާތްތަކަށް ޕާސްކުރުން.

26. އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭ ގޮތުން ހަވާލުކުރައްވާ އެންމެހާ ކަންތައްތައް ކުރުން.

27. ސެކްޝަންގެ މުވައްޒަފަކު ޗުއްޓީގައި ހުންނެވުން ނުވަތަ ސަލާމްގައި ހުންނެވުން ފަދަ އޮފީހަށް ޙާޟިރުނުވާ ދުވަހެއް އަތުވެއްޖެނަމަ އެމުވައްޒަފެއްގރ މަސައްކަތްތައް ކުރުން

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

01-  – ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ ޝަރުޠު

ދާއިރާ

ބެލެވޭ ބައިތައް

މާރކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ އިތުރު ތަޢުލީމް

35

35

40

ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

ވަޒީފާއާއި ގުޅޭ ތަޖުރިބާ

 

33

10

10

ލިބިފައިވާ ޙުނަރު

އިންޓަރވިއު/ޕްރެކްޓިކަލްސް

100

45

45

ޖުމަލް:

210

100

100

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %45

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިެކޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

ވަޒީފާއަށް އެދޭ ފޯމު މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ   07 ނޮވެމްބަރ 2019 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، ނ.މާފަރު ކައުންސިލްގެ އިދާރާ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް  ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

 

 

 

 

 

މި މިޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 10 ނޮވެމްބަރ 2019 އާއި 17 ނޮވެމްބަރ 2019   ދެމެދު ތާރީޙެއްގައި މިއިދާރާގައެވެ.

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

 

 

 

 

 

 

 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

ޝޯޓް ލިސްޓްކުރުން:

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560005 ނުވަތަ 9754004 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

 

 

         25 B 1441

        24 އޮކްޓޯބަރ 2019

24 އޮކްޓޫބަރު 2019
ހޯދާ