މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވޯރކް ޕަރމިޓް މެޑިކަލް ފޯޖަރީ އާއިގުޅޭ

އިޢުލާން

 

ވޯރކް ޕަރމިޓް މެޑިކަލް ފޯޖަރީ އާއިގުޅޭ

     

      ދިވެހިރާއްޖެއަކީ ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމަށް ވަރަށް މުހިންމު އަދި ބުރަ މަސައްކަތްތަކެއް ކުރަމުންދާ އަދި މިފަދަ ބައެއް ބަލިތައް ނައްތާލުމުގައި ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ޤައުމެކެވެ. އަދި މިކަންކަން މިގޮތައް ދެމެހެއްޓުމަށްޓަކާ، ރާއްޖެ ގެންނަ ބިދޭސީ މަސައްކަތުމީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރުމަށް ރަނގަޅު ސިއްޙަތެއްގައި ހުރި މީހަކު ތޯ ބެލުމަށްޓަކައި ވާރކް ވިސާ އަށް އެދޭއިރު މެޑިކަލެއް ހުށައެޅުމަށް އިމިގްރޭޝަންގެނަންބަރު: 7-R/ 2010 ގަވާއިދުން ލާޒިމު ކުރެއެވެ. މިގޮތުން ވާރކް ޕާމިޓް ހެދުމަށް ބޭނުންވާ ވާރކް ޕާމިޓު މެޑިކަލް ހެދުމަށް ވަކި ހޮސްޕިޓަލް / ކްލިނިކް ތަކަކަށް ހުއްދަދެވި އެމަސައްކަތްދަނީ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރެވެމުންނެވެ.

       

      އެހެންނަމަވެސް، މިފަހަކަށް އައިސް އަނެއްކާވެސް ވާކްވިސާއަށް ބޭނުންވާ މެޑިކަލް ހެދުމުގައި ފޯޖަރީގެ ކަންކަން އިތުރުވަމުން ދާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ފާހަގަ ކުރައްވާފައެވެ.

      ވީމާ، މިކަން ޢާންމުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

22 އޮކްޓޫބަރު 2019
ހޯދާ