ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ މެއި މަހު ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުން

      ނަންބަރު: IUL)120/1/2019/55)

 

އިޢުލާން

2019 ވަނަ އަހަރުގެ މެއި މަހު  ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ސެޓްފިކެޓް ދޫކުރުން  

           2019 ވަނަ އަހަރުގެ މެއިމަހު ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ސެޓްފިކެޓް 2019 އޮކްޓޯބަރ 21 ވަނަ ދުވަހުން ފެށިގެން 2019 ނޮވެމްބަރ 14 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330އަށެވެ. ސެންޓަރުތަކުން ދޫކުރާ ދުވަހެއް ކަނޑައަޅާނީ އެސެންޓަރަކުންނެވެ.

           މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓްފިކެޓް ނަގަން އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެ އެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ މީހެއްގެ އައިޑީ ކާޑާއި ކެންޑިޑޭޓުގެ އައިޑީ ކާޑު ގެންނަންވާނެއެވެ. ސެންޓަރުތަކުގެ ސެޓްފިކެޓްތައް ދޫކުރެވޭނީ ސެޓްފިކެޓްތަކާ ހަވާލުވާމީހާގެ އައިޑީ ކާޑާއި ސެންޓަރުގެ ލިޔުމެއް ހުށަހެޅުމުންނެވެ.

           22 ޞަފަރު  1440

           21 އޮކްޓޯބަރ 2019

21 އޮކްޓޫބަރު 2019
ހޯދާ