މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް ބޭނުންވާ ސޮފްޓްވެއާ ގަތުމަށް

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓްގެޕްރޮޖެކްޓް މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް ބޭނުންވާ ސޮފްޓްވެއާ ގަތުމަށް ބޭނުންވެގެން 06އޮކްޓޯބަރ 2019 ގައި ކުރެވުނު އިޢުލާން ނަމްބަރ (IUL)438-GCF/438/2019/290ގެ އެއްބައި ޕލޮޓްތަކަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމާ ގުޅިގެން އަލުން އިޢުލާން  ކުރަމެވެ. 

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް (މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، މާލެ) ބޭނުންވާ ސޮފްޓްވެއާ ގަތުމަށް ބޭނުންވެއެވެ. ވީމާ، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

Quantity

Type

Sotware

LOT 1

2

Perpetual License

Pix4Dmapper Desktop

2

Perpetual License

Agisoft Metashape Professional

2

Perpetual License

Arc GIS Desktop Advanced

2

Perpetual License

Surfer (Version: 16.6.484)

2

Perpetual License

AutoDesk Civil 3D 2020

LOT 3

2

3 Year Subscription

Adobe Creative Cloud All Apps

2

3 Year Subscription

Adobe acrobat Pro DC

* If perpetual license is not available for any softwares please quote for 3 year subscription

 

 

 

 

ހުށަހަޅަންވީ ތަކެތި

  • ތަކެތި ވިއްކޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން، ލޮޓްތަށް ވަކިކޮށް ބަންދުކުރެވިފައި).
  • ސަޕްލައި ކޮށްދިނުމަށް ނަގާނެ މުއްދަތު.
  • 1000.00 ރުފިޔާގެ ބިޑު ސެކިއުރިޓީއެއް (ލޮޓް އަކަށް ހުށަހަޅާ އަގު 250،000.00 ރުފިޔާއަށްވުރެމަތިނަމަ).
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު).
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

 

މި ބީލަމަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު

 

ބީލަމުގެ ކޮންމެ ލޮޓް އެއް އިވެލުއޭޓް ކުރާނީ އަދި އެވޯޑް ކުރާނީވެސް ވަކި ވަކިންނެވެ.

އަގު: 60ޕޮއިންޓު

   

(އެންމެ ހެޔޮ އަގު ހުށަހެޅި ފަރާތުގެ އަގު/ އެ ފަރާތަކުން ހުށަހަޅާފައިވާ އަގު)*60

 

ތަޖުރިބާ: 20 ޕޮއިންޓް

 

  • ވޭތުވެ ދިޔަ 3 އަހަރު (2016-2019) ދުވަހުގެ ތެރޭގައި މިފަދަ މަސައްކަތެއް ކޮށްފައިވާ ކަމުގެ ކޮންމެ ލިޔުމަކަށް 2 ޕޮއިންޓް ދެވޭނެއެވެ. (ކިތަންމެ ގިނަ ލިޔުމެއް ހުށަހެޅިކަމުގައިވީ ނަމަވެސް މިބައިން ގިނަވެގެން ލިބޭނީ 20 ޕޮއިންޓެވެ. )

 

މުއްދަތު :  20 ޕޮއިންޓް

 

(އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތުގެ މުއްދަތު/ އެ ފަރާތަކުން ހުށަހަޅާފައިވާ މުއްދަތު)*20

 

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 އޮކްޓޯބަރ 30ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ލޮޓް ވަކިވަކީން ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު  2019 އޮކްޓޯބަރ 30ވަނަ ދުވަހުގެ 11:00 ޖަހާއިރު ހުށަހެޅުއްވުން އެދެމެވެ (ބަލައިގަނެވޭނީ ހަމަ އެކަނި ދެވިފައިވާ ގަޑީގަ ބިޑު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުގެ ބިޑެވެ).

 

 

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ

         ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް

          ވޯޓަރ އެނޑް ސެނިޓޭޝަން ޑިޕާޓްމެންޓް

          މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

          ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

          މާފަންނު، ހަނދުވަރީ ހިނގުން

          ފޯނު ނަންބަރު: 3018396، 3018395 

          އީމެއިލް : [email protected]

 

ނޯޓް:

  • މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރާނީ : [email protected]

 

  • މި އިއުލާނާއިގުޅިގެން ބިޑް ހުށަހެޅުމުގައި ލޮޓް ގައިވާ ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަން ޖެހޭނެއެވެ. ހުރިހާ އައިޓަމަކަށް އަގު ހުށަނާޅާ ފަރާތްތަކުގެ ލޮޓް ކެންސަލްކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތަކާއި ސްޕެސިފިކޭޝަނާއި އަށް ނުފެތޭ ބިޑްތަށް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިމިނިސްޓްރީއަށްއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް އަށް ލިބިގެންވެއެވެ.

 

20 އޮކްޓޫބަރު 2019
ހޯދާ