ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯރކް (އެމް.ޑީ.އެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ދީނާއި ޚިލާފު ރިޕޯޓް ކުރިނބީ ކައުންސިލުން ކުއްވެރިކުރުން

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯރކް (އެމް.ޑީ.އެން) އިން "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އާންމުކުރި ރިޕޯޓާއި ގުޅޭގޮތުން ދަންނަވަމެވެ. އެމް.ޑީ.އެން އިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނާއި މާތް ނަބިއްޔާ މުޙައްމަދު ﷺ އަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައިވާތީ، އެކަން ކުރިނބީގެ ރައްޔިތުންނާއި މިކައުންސިލުން ކުށްވެރިކުރަމެވެ. އަދި މި އަމަލަކީ އެ ޖަމްޢިއްޔާއިން ހިންގި ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމުގައި މިރަށުގެ ރައްޔިތުންނާއި މިކައުންސިލުން ދެކެމެވެ.

މި ޢަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާއި ބެހޭ ޤާނޫނު)ގެ 19 އަދި 20 ވަނަ މާއްދާއާއި ޤާނޫނު ނަންބަރ 6/94 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނު)ގެ 4 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާ އާއި ޚިލާފު އަމަލަކަށް ވީހިނދު، މި ކުށްތަކަށް ދަޢުވާ އުފުލަންޖެހޭ އެންމެހާ ފަރާތްތަކައި މެދު ލަސްނުކޮށް ފިޔަވަޅުއެޅުމަށާއި މިފަދަ ޢަމަލުތައް ތަކުރާރު ވިޔަނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ދަޢުލަތުގެ ތިން ބާރަށާއި، އެންމެހާ މުވައްސަސާތަކަށް ގޮވާލަމެވެ. 

އަދި ހަމައެހެންމެ، އިސްލާމްދީނުގެ އެއްވެސްކަމަކަށް ފުރައްސާރަ ނުކުރުމަށާއި އެފަދަ ލިޔުންތައް ނުލިޔުމަށާއި މުޖުތަމައުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް އެންމެހޭ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

17 އޮކްޓޫބަރު 2019
ހޯދާ