ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.މަގޫދޫ ސިއްޙީމަރުކަޒުގެ ރިސެޕްޝަނިސްޓް މަޤާމަށް މުވައްޒަފަކު ހޯދުމަށް

މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ނ. މަގޫދޫޞިއްޙީމަރުކަޒްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަގާމު

ރިސެޕްޝަނިސްޓް

މަޤާމްގެ ނަންބަރު:

J-278877

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ.މަގޫދޫ ސިއްޙީމަރުކަޒު

މުސާރަ:

-/4465 ރުފިޔާ

ސަރވިސްއެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ.
  2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް

  1. ޞިއްޙީމަރުކަޒުގެ ރިސެޕްޝަން ބެލެހެއްޓުމާއި، ޞިއްޙީމަރުކަޒުގެ ޙިދުމަތަށްއެދި އަންނަފަރާތްތަކާއި ރީތިބަހުން، ހިތްހެޔޮކަމާއިއެކު މުއާމަލާތުކުރުމާއި، އެފަދަ ފަރާތްތަކަށް އެހީތެރިވެދިނުން.
  2. ޞިއްޙީމަރުކަޒުގެ ޙިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް މެމޯ ހެއްދުމާއި، އާސަންދަ ހިދުމަތް ދިނުމަށް ފުރިހަމަ ކުރައްވަންޖެހޭ އެންމެހާ މަސައްކަތްކުރެއްވުމާއި، އެކަމާއިގުޅޭ ލިޔެ ކިޔުންތައް، ދުވަހުންދުވަހަށް ފުރިހަމަ ކުރެއްވުން.
  3. ކޮންމެ ޑިއުޓީ ފެށުމުގެކުރިން ބޭނުނަވާ ތަކެތި ހަމަޔަށް ހުރިތޯބަލާ ނެތްނަމަ އެކަމަކާއި ހަވާލުވެ ހުންނަވާ މުވައްޒަފަކަށް ދަންނަވައިގެން ތަކެތިހަމަކުރުމާއި، އަދި ބޭނުންކުރެވޭ ތަކެތި ވީހާވެސް ހަރަދުކުޑަގޮތަށް ބޭނުންކުރެއްވުން.
  4. ޞިއްޙީމަރުކަޒުން ދެވޭ ހިދުމަތްތަކުގެ ތެރެއިން ފައިސާ ނަގަންޖެހޭ އެންމެހާ ހިދުމަތްތަކަށް، އެކަމާއިގުޅޭ އުޞޫލާއި އެއްގޮތަށް ފައިސާބަލައިގަނެ،ދުވަހުންދުވަހަށް ފައިސާގެ ލިޔެކިޔުންތައް ފުރިހަމަކުރުން.
  5. ތަރުޖަމާނަކު ނެތިއްޖެ ހާލަތެއްގައި ޞިއްޙީމަރުކަޒުން ހަމަޖައްސަވާގޮތެއްގެ މަތިން ތަރުޖަމާނުގެ މަސައްކަތް ކުރުން.
  6. ޞިއްޙީމަރުކަޒުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާއި، އިމަރޖެންސީ ބަލިމީހުންނަށް ފަރުވާ ދިނުމުގައި ނަރުހުން އެހީތެރިކަމަށް އެދިއްޖެ ހާލަތެއްގައި އެހީތެރިވުން.
  7. ޑިއުޓީ ގަޑީގައި ޞިއްޙީމަރުކަޒުގެ މުދަލާއި ތަކެއްޗަށް ރައްކާތެރިވެ ސަމާލުކަން ދިނުމާއި، ޢާންމުކޮށްދޭ ޚިދުމަތެއް ހުއްޓޭގޮތް މެދުވެރިވެދާފަދަ ހާލަތެއްގައި އެކަން އިދާރީ މުވައްޒަފަކަށް އަންގައިގެން ހައްލުކުރަން މަސައްކަތްކުރުން
  8. ޞިއްޙީމަރުކަޒުން ދެވޭ ހިދުމަތްތަކުގެތެރެއިން ރިސެޕްޝަނުން ބަލަހައްޓަންޖެހޭ މައުލޫމާތުތައް ކަނަޑައެޅިފައިވާ އުޞޫލާއެއްގޮތަށް ދުވަހުން ދުވަހަށް ރިޕޯޓްކޮށް ނިންމެވުން.
  9. ސިއްޙީމަރުކަޒުގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
  10. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމާއި، ޢާންމު ޞިއްޙަތު ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި އެހީތެރިވުން.
  11. ޞިއްޙީމަރުކަޒުގެ ހައިބަތާއި ޤަދަރު ކުޑަވާފަދަ އެއްވެސް ބާވަތެއްގެ އެއްވެސް އަމަލެއް ނުހިންގުމާއި ޞިއްހީމަރުކަޒަށް ކުރިއެރުން ހޯދުމަށްޓަކައި މަސައްކަތްކުރުމާއި، ކުރެވޭ މަސައްކަތުގައި އެހީތެރިވުން
  12. މީގެއިތުރުންވެސް ޞިއްޙީދާއިރާޔާއި ގުޅޭގޮތުން މަރުކަޒުން އަންގާ މަސައްކަތެއްކުރުން.

 

މަޤާމުގެ ޝަރުތު

 

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު ، 'ސެކަންޑަރީ ސްކޫލު'ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން  'ސީ' ގުރޭޑް ލިބިފައިވުން

ގުޅޭ ވަޒީފާގެދާއިރާތައް

އެޑްމިނިސްޓްރޭޝަން، ކަސްޓަމަރ ކެއަރ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށްއެދޭފޯމް (މިފޯމް ނ. މަގޫދޫ ސިއްޙީމަރުކަޒުންލިބެންހުންނާނެއެވެ. އަދި ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. )
  2. ވަޒީފާއަށް އެދޭފަރާތުގެވަނަވަރު(ގުޅޭނެ ފޯން ނަންބަރާއި،އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ، އަދި ލިޔެފައިވާލިޔުންތައްކިޔަންއެނގޭފަދަ ސާފު ކޮޕީއެއް.
  4. ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް ވަޒީފާއަދާކުރާ އޮފީހުން ދޫކުރާލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮސްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

 

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކަރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުމަށްބަލާނެކަންތައްތައް

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

މަޤާމަށް އެދެންވީގޮތާއި،ސުންގަޑި:

މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 14:00 ގެކުރިން ނ.މަގޫދޫ ސިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2019 އޮކްޓޯބަރ 24 ން 15 ނޮވެމްބަރ 2019 އާއި ދެމެދު ނ.މަގޫދޫ ސިއްޙީމަރުކަޒު ގައެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560037  ، 6560042ނަންބަރު ފޯނާއެވެ.

އީމެއިލް ކުރާނީ [email protected]އަށެވެ.

 

 

16 އޮކްޓޫބަރު 2019
ހޯދާ