ނ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނ.މިލަދޫ ސިއްޙީމަރުކަޒަށް ރެޖިސްޓާރޑް ނާރސްގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް

މިހޮސްޕިޓަލްގެދަށުން ހިންގަމުންގެންދާ ނ.މިލަދޫ ސިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ.

މަގާމު

ރެޖިސްޓާރޑް ނާރސް

މަޤާމްގެ ނަންބަރު:

J-308840

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ނާރސިންގ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ.މިލަދޫ ސިއްޙީމަރުކަޒު

މަޤާމުގެ ރޭންކް،ޝަރުތު ،މުސާރަ:

ރޭންކް

މަޤާމުގެ ޝަރުތު

މަޤާމުގެ މުސާރަ

ސީ.އެސް8-1

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާރސިނގް ދާއިރާއިން ނާރސިންގ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އަދި 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/9060ރ

ސީ.އެސް8-2

ރެޖިސްޓާރޑް ނާރސް، ސީ.އެސް8-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85%އިން މަތިން މާކްސް ހޯދާފައިވުން.

-/9210ރ

ސީ.އެސް8-3

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާރސިނގް ދާއިރާއިން ނާރސިންގ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/9360ރ

 

ސަރވިސްއެލަވަންސް

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 150/-

އެހެނިހެން އެލަވަންސް:

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް

  1. ނާރސިންގެ ޕްރޮޓޯކޯލްއާއި އެއްގޮތްވާ ގޮތުގެމަތިން ނާރސިންގ ކެއަރ ދިނުން.
  2. ޑޮކްޓަރުގެ އޯޑަރުތަކަށް ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުން.
  3. ނާރސިންގ ކެއަރ ދިނުމުގައި އަދި މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.
  4. ބަލިމީހުންނާއިބެހޭ ކަންތައްތަކުގައި ޑޮކްޓަރުންނާއި އަދި ހޮސްޕިޓަލްގެ ލެބޯޓްރީ، އެކްސްރޭ ފަދަ އެހެނިހެން ޑިޕާރޓްމަންޓްތަކާއި ދެމެދު މުވާޞަލާތު ހިންގުން.
  5. ނާރސިންގ ޕޮލިސީ ރޭވުމާއި ހިންގުމުގައި ނާރސިންގ ޑިޕާރޓްމަންޓްގެ އިސްވެރިންނަށް އެހީތެރިވުން. ނާރސިންގ ސާރވިސަސް އާއި ބެހޭ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމުގައި ސްޕަރވައިޒަރަށް އެހީތެރިވުން.
  6. ހެލްތް ސެންޓަރުގެ ސާފު ތާހިރުކަން ދެމެހެއްޓުމާއި ޔުނިވާރސަލް އިންފެކްޝަން ޕްރޮޓޮކޯލް އަށް ޙުރުމަތް ތެރިކޮށް ހިތުން.
  7. ދިމާވާ އިމަރޖެންސީތައް ވަގުތުން ކަމާއިބެހޭ ޑޮކްޓަރުންނަށ އެންގުމާއި، ޑޮކްޓަރ އަންނަންދެން އެފަދަ އިމަރޖެންސީތައް މެނޭޖްކުރުން.
  8. މެދުކެނޑުމެއްނެތި ބަލިމީހުންނަށް ބޭނުންވާ ފަރުވާ ހިއްސާކޮށް ފަރުވާ ދިނުމުގެ ޕްރޮގްރާމް ރާވާ ދެވުނު ފަރުވާގެ ނަތީޖާ ބަލާ ރަނގަޅު ބަދަލްތައް ގެނައުމަށް މަސައްކަތް ކުރުން.
  9. ބަލިމީހުންނަށް ރަގަޅު ފުރިހަމަ ނާރސިންގ ކެއަރ ދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކަމާއިއެކު އޭނަގެ ޖިސްމާނީ ނަފްސާނީ އަދި އިޖްތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.
  10. ޑިޔުޓީގައި ހެލްތް ސެންޓަރަށް ގެންނަ މާބަނޑުމީހުން ޑެލިވަރ ކުރުމުގައި އެހީތެރިވުމާއި އެބްނޯމަލް ކޭސް އެއްނަމަ ސީނިއަރ ނަރުހަކަށް ރިފަރކޮށް ޑޮކްޓަރަށް ބަލިމީހާގެ މަޢްލޫމާތު ދިނުން.
  11. ބްލަޑް ބޭންކް، މާބަނޑު މީހުންގެ ކްލިނިކް އަދި ކުޑަކުދިންގެ ކްލިނިކްތައް ހިންގުމުގައި ބައިވެރިވުން.
  12. ބަލިމީހުންގެ ރެކޯރޑް އަދި ރިޕޯރޓް ބެލެހެއްޓުމާއި އަދި މީހެއްގެ ޙާލުބޮޑުވެއްޖެނަމަ ޑޮކްޓަރަށް ރިޕޯރޓްކޮށް ޑޮކްޓަރސް އޯޑަރގެ ދަށުން މަސައްކަތް ކުރުން.
  13. ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުންނާއި ހޮސްޕިޓަލްގެ އެކިއެކި ބޭނުންތަކަށް އަންނަ މީހުންނާއި އެހީތެރިކަން ލިބެންޖެހޭ ފަރާތްތަކާއި ގުޅުވައި ދިނުން އަދި ބަލިމީހުންނާއި އެހީތެރިންނަށް ބައްޔާއިބެހޭ ގޮތުން ޑޮކްޓަރުގެ ލަފާގެމަތިން އިރުޝާދު ދިނުން
  14. އޮޕަރޭޝަން ތިއޭޓަރާއި ލޭބަރ ރޫމްގައި ކުރެވޭ އެކިއެކި އޮޕަރޭޝަން ތަކުގައި އެހީތެރިވުން.
  15. ހޮސްޕިޓަލަށް ޚިދްމަތް ހޯދުމަށް އަންނަ މީހުންނަށް ޞިއްޙީ އިރުޝާދު ދިނުމާއި، ހެލްތ ޕްރޮޓެކްޝަން އެޖެންސީއިން ހިންގާ ޞިއްޙީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުން އަދި ކޮމިޔުނިކޭބަލް ޑިޒީޒް ރިޕޯރޓް ތައްޔާރުކޮށް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން
  16. ރިފަރކުރެވޭ ބަލިމީހުންނާއިއެކު ދަތުރު ކުރުން. އަދި ރިފަރކުރެވޭ ބަލިމީހުންނާއި އެކު ގެންދާ އިކްވިޕަމަންޓްސް އާއި ތަކެތި ހަމަޔަށް މަރުކަޒަށް ގެނައުން.
  17. ބަލިމީހާއަށް ޑޮކްޓަރ ލިޔެދެއްވާ ބޭސްސިޓީ ލިޔުމުގަޔާއި އަދިވެސް މިފަދަ ކަންކަމުގައި ޑޮކްޓަރާއި އެހީވުމާއި ބަލިމީހުން ރިފަރކުރުމަށް ޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  18. ސިއްޙީމަރުކަޒުގެ އިންފޮމޭޝަން ސިސްޓަމް ދުވަހުން ދުވަހަށް އަޕްޓޭޑް ކުރުމުގައި ބައިވެރިވުންމާއި އާސަންދަ/ވިނަވި ޕޯޓަލް އަޕްޑޭޓް ކުރުން އަދި މެޑިކަލް ރެކޯޑްސް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  19. އެޓެންޑެންޓުން ލައްވާ ވޯޑްތެރެ ސާފްކުރުމުގައި އެހީތެރިވުމާއި އެމީހުންގެ މަސައްކަތް ސްޕަރވައިޒްކުރުން.
  20. ނާރސް އިންޗާރޖެއްގެ ގޮތުން މަސައްކަތް ކުރައްވާއިރު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތް ސިވިލްސަރވިސް ޤަވާޢިދާއި އެއްގޮތްވާގޮތުގެމަތިން އެކޮމިޝަނުން ހަމަޖައްސަވާއުޞޫލެއްގެ ދަށުންކުރުން.
  21. ކަނޑައެޅިފައިވާ ޑިއުޓީ އަދާކުރުން، އަދި ނުރަސްމީ ގަޑީގައި ނާރސް އިންޗާރޖް ނުވަތަ އޮފީހުން އަންގަވައިފިނަމަ ކޯލް ޑިއުޓީއަށް ނުކުތުން.
  22. ބޭނުންވާ އިކްވިޕްމަންޓްފަދަ ތަކެތި އޮޓޯކްލޭވް ކުރުމާއި، އޯޓީ، ލޭބަރރޫމް، ޑްރެސިންގ ރޫމް، ވޯރޑްތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރުން.
  23. ބަލީމީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެޝިނަރީތަކާއި އިކްވިޕްމަންޓްތައް ފަރުވަތެރިކަމާއެކު ބެލެހެއްޓުން، އަދި އެފަދަ ތަކެތި އޮޕަރޭޓްކުރުމަށް ހަމަޖެހިފައިވާގޮތަށް އޮޕަރޭޓްކޮށް ބެލެހެއްޓުން އަދި މެޝިނަރީތަކާއި އިކްވިޕްމަންޓްފަދަ އެއްޗެތި ހަލާކުވެ ނުވަތަ ފުރިހަމަޔަށް މަސައްކަތް ނުކުރާނަމަ ނާރސް އިންޗާރޖް ނުވަތަ އޮފީހަށް އެންގުން.
  24. ހެލްތް ސެންޓަރުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި އަދި އެހިނެހެން ސެކްޝަންތަކުން ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
  25. ހެލްތް ސެންޓަރުގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން އަދި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.

 

ގުޅޭ ވަޒީފާގެދާއިރާތައް

ނާރސިންގ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށްއެދޭފޯމް (މިފޯމް ނ. މިލަދޫ ސިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ. އަދި ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. )
  2. ވަޒީފާއަށް އެދޭފަރާތުގެވަނަވަރު(ގުޅޭނެ ފޯން ނަންބަރާއި،އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ، އަދި ލިޔެފައިވާލިޔުންތައްކިޔަންއެނގޭފަދަ ސާފު ކޮޕީއެއް.
  4. ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް ވަޒީފާއަދާކުރާ އޮފީހުން ދޫކުރާލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮސްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.
  2. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.
  3. މުއްދަތު ހަމަނުވާ ލައިސަންސް އަދި ރެޖިސްޓްރޭޝަންގެ ކޮޕީ
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކަރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުމަށްބަލާނެކަންތައްތައް

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
  2. މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

މަޤާމަށް އެދެންވީގޮތާއި،ސުންގަޑި:

މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 14:00 ގެކުރިން ނ. މިލަދޫ ސިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2019 އޮކްޓޯބަރ 24 ން 15 ނޮވެމްބަރ 2019 އާއި ދެމެދު ނ.މިލަދޫ ސިއްޙީމަރުކަޒުގައެވެ.

ޝޯޓްލިސްޓްކުރުން

މިވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ރަސްމީގަޑީގައި 6560037 ނުވަތަ 6560611 ނަންބަރު ފޯނާއެވެ.

އީމެއިލް ކުރާނީ [email protected]އަށެވެ.

15 އޮކްޓޫބަރު 2019
ހޯދާ