ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިންތިޚާބް 2019

މި އިޢުލާންވަނީ 23 އޮކްޓޫބަރު 2019 1533 ގައި ބާތިލް ކުރެވިފައެވެ.


                                                                              ނަމްބަރ: VAM/IL/2019/7020   

އިޢުލާން

ވޮލީބޯލް އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އިންތިޚާބު ކުމަށް ބާއްވާ ޚާއްސަ ޢާއްމު ޖަލްސާ 24 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ރޭ 09:00 ގައި ޔޫތް ސެންޓަރގެ ސެމިނަރ ރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވިމާ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ނޯމަލައިޒޭޝަން ކޮމެޓީން މި އެސޯސިއޭޝަންގެ ފުރިހަމަ މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ ކްލަބުތަކުން ހިންގާ ކޮމެޓީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ނަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން "ހިންގާ ކޮމެޓީގެ މަޤާމްތަކަށް ނަން ހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު 20 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 14:00 ކުރިން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓަށް ހުށަހެޅުން އެދެމެވެ. މިގޮތުން ހިންގާކޮމެޓީގެ ކޮންމެ މަޤާމަކަށް ކޮންމެ ކްލަބަކުންވެސް ހުށަހެޅޭނީ އެއްނަމެވެ. ފޯމް ހުށަހަޅުއްވާއިރު ސިޓީއުރައިގެ ބޭރުގައި "ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިލެކްޓޯރަލް ކޮމެޓީ" އަށް އެޑްރެސް ކޮށް ފޮނުވުން އެދެމެވެ.

 

#

ހިންގާ ކޮމެޓީގެ މަޤާމްތައް

01

ޕްރެޒިޑެންޓް

03

ވައިސް ޕްރެޒިޑެންޓް

04

ވައިސް ޕްރެޒިޑެންޓް

05

ޙަޒާންދާރު  

06

ކްލަބް މެމްބަރުން ( ފުރިހަމަ މެމްބަރުންގެ ތެރެއިން އިންތިޚާބުކުރާ 05 މެމްބަރުން  

 

 

ވޮލީބޯލް އެސޯސިއޭޝަންގެ ފުރިހަމަ މެމްބަރުން

#

ކަލަބުގެ ނަން

#

ކަލަބުގެ ނަން

1

ދިވެހި ސިފައިންގެ ކުލަބް

5

ޔޫތު ނިއު ޖެނެރޭޝަން

2

ޕޮލިސް ކުލަބް

6

މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް

3

ގުޑީސް ސްޕޯޓްސް ކްލަބް

7

ސްޕޯޓްސް ކްލަބް ހޯކްސް

4

ކްލަބް ހާފް ލައިން ލިންކޭޖް

8

ސްޕޯޓްސް ކްލަބް ސިޓީ

 

ހިންގާ ކޮމެޓީގެ މަޤާމްތަކަށް ނަން ހުށަހަޅާ ފޯމް ބަންދުނޫން ކޮންމެ ދުވަހަކު 09:00-14:00 އަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ލިބެހުންނާނެއެވެ.

13 އޮކްޓޯބަރ 2019

13 އޮކްޓޫބަރު 2019
ހޯދާ