މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
20 – 24 އޮކްޓޯބަރ 2019 ގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ބަރތް ޑިފެކްޓްސް ސަވައިލަންސް ސިސްޓަމް އަދި ރެޖިސްޓަރީ ރިވިއު" ވޯކްޝޮޕްގެ ކޭޓަރިންގ އަދި ހޯލްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

      20 – 24 އޮކްޓޯބަރ 2019 ގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ބަރތް ޑިފެކްޓްސް ސަވައިލަންސް ސިސްޓަމް އަދި ރެޖިސްޓަރީ ރިވިއު" ވޯކްޝޮޕްގެ ކޭޓަރިންގ އަދި ހޯލްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)23-AP/23/2019/369  ސެޕްޓެމްބަރ 26 2019 އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 09 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހު ހެނދުނު 09:00 އިން 13:30 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަދި 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނުު 09:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 10 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނުު 09:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

09 ސަފަރު 1441

08 އޮކްޓޫބަރު 2019
ހޯދާ