ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ވައިސް ޗާންސަލަރ – ރިސާރޗް އެނޑް އިނޮވޭޝަން

ވަޒީފާގެ ފުރުޞަތު

މަޤާމް:                  ޑެޕިއުޓީ ވައިސް ޗާންސަލަރ – ރިސާރޗް އެނޑް އިނޮވޭޝަން

ބޭނުންވާ ޢަދަދު:             1

މަޤާމުގެ މުއްދަތު:            ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް   

  • މުސާރަ:             20,000 ރުފިޔާ
  • ލިވިންގ އެލަވަންސް:     15,000 ރުފިޔާ
  • ފޯން އެލަވަންސް މަހަކު:   500 ރުފިޔާ

ތަޢުލީމާ ތަޖުރިބާގެ ޝަރުޠުތައް:

  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް  9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛
  • ސަރުކާރުގެ، ނުވަތަ ޔުނިވަރސިޓީ ޤަބޫލުކުރާ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ނުވަތަ ކޮލެޖެއްގެ ނުވަތަ ޔުނިވަރސިޓީއެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • ޓާރމިނަލް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ ބައެއް ޝަރުޠުތައް:

  • މަޤާމުގައި ހުންނަ މީހަކު، އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީން ބޭރުގައި އަދާކުރެވޭނީ ޔުނިވަރސިޓީ މަޖިލިހުގެ ހުއްދަ ލިބިގެންނެވެ.
  • ރައްޔިތުން ވޯޓުދީގެން ހޮވާ ސިޔާސީ މަޤާމަށް ކުރިމަތިލުމުން މި ވަޒީފާއިން ވަކިވާނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީއަށް ފައިދާކުރަނިވި ދާއިރާތަކުންނާއި ދިވެހި މުޖުތަމަޢަށް ފައިދާހުރި ދާއިރާތަކުން ޢިލްމީ ދިރާސާތައްކޮށް، ޢިލްމާއި މަޢުލޫމާތުގެ ދާއިރާއިން އިސްތިރާތީޖީ ރޭވުންތައް ރާވައި ތަރައްޤީކުރުމާއި ތަންފީޛުކުރުން.
  • ޔުނިވަރސިޓީގެ ރިސާރޗް އެންޑް އިނޮވޭޝަންގެ ނަޒާހަތްތެރިކަމާއި ފެންވަރު ދެމެހެއްޓޭނޭ ހަރުދަނާ  މިންގަޑުތައް އެކުލަވައިލުން.
  • ޔުނިވަރސިޓީގެ ފައިނޭންޝަލް ޑިޕާރޓްމެންޓުގެ އެހީތެރިކަންހޯދައިގެން ޔުނިޓް ހިންގުމަށް ބޭނުންވާ އަހަރީ ބަޖެޓް އެކަށައެޅުމާއި، ލިބިފައިވާ ބަޖެޓާ އެއްގޮތަށް އެންމެ ފައިދާހުރި، އަދި އެންމެ ޚަރަދުކުޑަގޮތަކަށް ބަޖެޓްގެ ބޭނުންކުރުމާއި، އިސްތިރާޖީ ރޭވުމުގައި ހިމެނިފައިވާ ލަޑު ދަޑިތަކަށް ވާސިލުވުމަށްޓަކައި ޔުނިޓްގެ ޕްރޮގްރާމުތައް ތަންފީޛުކުރުމާއި ދުވަހުން ދުވަހަށް މަސައްކަތްތައް ރާވައި ހިންގުން.
  • ރިސާރޗް އެންޑް އިނޮވޭޝަން ސެންޓަރުގައި މަސައްކަތް ކުރާ މުއައްޒަފުންގެ ޚިދުމަތް ދެމެހެއްޓުމާއި، ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.
  • ޔުނިވަރސިޓީގެ ތަފާތު ކުއްލިއްޔާތަކާއި ސެންޓަރުތަކާއެކު ބަދަހިގުޅުމެއް ޤާއިމުކޮށް، ދިރާސާކުރުމާއި އައު ކަންކަން ހޯދައި، މައްސަލަތައް ޙައްލުކުރުމުގެ ވިސްނުމެއް އުފެއްދުމުގައި އެ ކުއްލިއްޔާތަކާއި ސެންޓަރުތަކުގެ އެއްބާރުލުން ހޯދުން.
  • ޔުނިވަރސިޓީއަށާއި ދިވެހި މުޖުތަމަޢުއަށާއި އިސްލާމީ އުންމަތަށް ފައިދާހުރި ދިރާސާތައް ކުރުމަށް ޕްރޮގްރާމުތައް އެކަށައެޅުމާއި ދިރާސާކުރުމާބެހޭ މަޝްރޫޢުތައް އެކުލަވައިލުން؛
  • ޔުނިވަރސިޓީގެ މިހާރައި މުސްތަޤުބަލުގެ ޕްލޭންތައްރާވައި، ފައިދާހުރި އައުގޮތްތައް ތަޢާރަފުކުރުމަށް މަސައްކަތްކުރުން
  • ސެންޓަރުގެ ފަރާތުން އެކަށައަޅާ މަޝްރޫޢުތައް ވިލަރެސްކުރުމާއި މެނޭޖުކުރުން؛
  • ޔުނިވަރސިޓީއަށް މަންފާކުރާނޭ ހޯދުންތަކާއި ތަފާތު ދިރާސާތައްކުރުން؛
  • ރިސާރޗް މަޖައްލާއެއް އަހަރަކު އެއްފަހަރު ޝާޢިކުރުމާއި، އެ މަޖައްލާއަށް ބޭނުންވާނޭ ދިރާސާތަކާއި ޢިލްމީ ކަރުދާސްތައް އެއްކުރުން؛
  • ވެބްސައިޓްގައި ޢިލްމީ ދިރާސާތަކާބެހޭ މަޢުލޫމާތު ޝާއިޢުކުރުމާއި، ސެންޓަރުންކުރާ މަސައްކަތްތައް ހާމަކުރުން؛
  • ޤައުމީ އަދި ބައިނަލް އަޤުވާމީ މަޖައްލާތަކާއި އިންޓަރނެޓްގައި އެކި އެކި ދިރާސާތަކާއި މަޟްމޫނުތައް ޝާއިޢުކުރުން؛
  • ޔުނިވަރސިޓީގެ ދަރިވަރުންކުރާ ޢިލްމީ މަސައްކަތުގެ ތެރެއިން ހޮވާލެވޭ މަސައްކަތްތައް އެއްކޮށް ކުއްލިއްޔާއިން ނެރޭ ޢިލްމީ މަޖައްލާގައި ޝާއިޢުކުރުން.
  • ރިސާރޗް އެންޑް އިނޮވޭޝަން ޔުނިޓް ހިންގުމަށްޓަކައި ބޭނުންވާ ފަންޑު ހޯދުމުގެ ޢަމަލީ މަސައްކަތްތައް ކުރުމާއި، ފަންޑު ހޯދުމަށްޓަކައި އެކުލަވައިލެވޭ ރޭންވުންތަކާއި މަޝްރޫޢުތައް ތަންފީޛުކުރުން
  • ދިރާސާކުރުމަށް ޚާއްޞަކުރެވޭ ދާއިރާތައް ކަޑައަޅައި، އެ ދާއިރާއަކަން ފަންޑުދޭނޭ ފަރާތްތަކާއެކު ބަދަހިގުޅުމެއް ޤާއިމުކުރުން.
  • ރިސާރޗް އެންޑް އިނޮވޭޝަން ސެންޓަރުގެ ތަޞައްވުރާއި ލަޑުދަޑިތައް ތަޢާރަފުކޮށްދިނުމާއި ސެންޓަރުންކުރާ މަސައްކަތްތައް އިޝްތިހާރުކުރުން.
  • ސެންޓަރުގެ މަސައްކަތްތައް ރޭވިފައިވާގޮތް ހާމަކޮށްދިނުމަށާއި އިޝްތިހާރުކުރުމުގެ ގޮތުން ލުއިފޮތްތައް އެކުލަވައިލުމާއި، ސެންޓަރުގެ މަސައްކަތްތައް ޢާންމުކުރުމަށްޓަކައި ބައްދަލުވުންތައް އިންތިޒާމުކުރުމާއި އެ ބައްދަލުވުންތަކުގައި ސެންޓަރު ތަމްޘީލުކުރުމާއި، ޚަބަރު ފަތުރާ ވަސީލަތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  • ރާއްޖޭގައި އަދި ރާޢްޖެއިން ބޭރުގައި އިންތިޒާމުކުރެވޭ ކަމާބެހޭ ފޯރަމްތަކާއި ޖަލްސާތަކުގައި ޔުނިވަރސިޓީގެ ރިސާރޗް އެންޑް އިނޮވޭޝަން ސެންޓަރުގެ މަންދޫބެއްގެ ދައުރު ފުރިހަމަގޮތުގައި އަދާކުރުން.
  • ދިރާސާކުރުމާއި އައު އުފެއްދުންތައް ހޯދުމުގެ މައިދާނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ޔުނިވަރސިޓީގެ ރިސާލަތާއި  މަންހަޖާގުޅުންހުރި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިސާރޗް ސެންޓަރުތަކާއެކު ބަދަހިގުޅުމެއް އުފެއްދުން.
  • ޔުނިވަރސިޓީގެ މަޖްލިހުން ފާސްކުރާ ދިރާސާކުރުމާއި ޕްލޭންކުރުމާއި އައު އުފެއްދުންތަކާބެހޭ ސިޔާސަތުތައް ތަންފީޛުކުރުން.
  • ޔުނިވަރސިޓީގެ ވައިސް ޗާންސަލަރު ޙަވާލުކުރާ ރިސާރޗް އެންޑް އިނޮވޭޝަން ސެންޓަރާ ގުޅުންހުރި މަސައްކަތްކުރުން
  • ޔުނިވަރސިޓީގެ މިހާރުގެ ޕްލޭންތަކާއި މުސްތަޤުބަލްގެ ޕްލޭންތައް ރާވައި އެކަށައެޅުމާއި ޔުނިވަރސިޓީގެ ތަޢުލީމީ އަދި އިދާރި ތަރައްޤީއަށް މަގުފަހިވާނޭ ޕްލޭންތަކާއި އައު ގޮތްތައް ތަޢާރަފުކުރުން.
  • ޔުނިވަރސިޓީގެ ބަޖެޓުންނާއި އަދި ބޭރުގެފަރާތްތަކުން ފަންޑުލިބިގެން ޝާއިޢުކުރެވޭ ދިރާސާތަކާއި ފޮތްތައް ޗާޕުކުރުމާއި އެ ފޮތްތައް އިޝްތިހާރުކޮށް ވިއްކުމުގެ ގޮތުން މަޢުރަޟުތައް އިންތިޒާމުކުރުމާއި، އެކިފަރާތްތަކުން އިންތިޒާމުކުރާ ފޮތް މަޢުރަޟުތަކުގައި ކުއްލިއްޔާ ތަމްޘީލުކުރުމުގެ ގޮތުން ކުއްލިއްޔާއިން ޗާޕުކުރެވޭ ފޮތްތައް ގަންނަށް ލިބޭނޭ އިންތިޒާމުތައް ހަމަޖެއްސުން.
  • ޔުނިވަރސިޓީން ޗާޕުކުރެވޭ ދިރާސާތަކާއި ފޮތްތައް ރާއްޖޭގެ ބުކުޝޮޕުތަކާއި ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި މީހުންނަށް ފަސޭހައިން ގަންނަށް ލިބޭނޭ އިންތިޒާމުތައް ހަމަޖެއްސުން.
  • ރިސާޗް، ޕަބްލިކޭޝަން އެންޑް ގްރާންޓް ޕޮލިސީ ޕްލޭނިން އެންޑް ޑިވެލޮޕްމެންޓް ޕްރޮގްރާމުތައް ރާވައި ވިލެރެސްކުރުމާއި ޔުނިވަރސިޓީއަށް ރިސާރޗް ގްރާންޓްތައް ހޯދުމަށް މަސައްކަތްކުރުން
  • ޔުނިވަރސިޓީއަށް ސްކޯލަރ ޝިޕް އަދި ފެލޯ ޝިޕް ހޯދުމުގެ ޢަމަލީ މަސައްކަތްތައް ރާވައި ހިންގުމާއި، ޔުނިވަރސިޓީއަށް ލިބޭ ފެލޯ ޝިޕްތަކާއި ސްކޯލަރ ޝިޕްތައް، ވައިސް ޗާންސްލާރގެ ލަފާގެ މަތީން ވިލެރެސްކުރުމާއި ޝްކޮލަރ ޝިޕް އަދި ފެލޯ ޝިޕަށް ޔުނިވަރސިޓީން ފޮނުވާ ފަރާތްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލެހެއްޓުމާއި ސްކޮލަރޝިޕް ކޮމެޓީގެ އެންމެހާ މަސައްކަތްކުރުން.
  • ޔުނިވަރސިޓީއާ ބޭރުގެ ފަރާތްތަކާއެކު ކުރެވޭ ފަހުމުނާމާތައް ތަންފީޛުކުރުމުގައި ވައިސް ޗާންސްލަރއަށް އެހީތެރިވެދިނުން
  • ޔުނިވަރސިޓީގައި ކުރެވޭ ދިރާސާތަކާއި ޢިލްމީ މަސައްކަތްތައް ޗާޕުކޮށް ލައިބްރަރީގައި ބެހެއްޓޭނޭ އިންތިޒާމު ހަމަޖެއްސުން
  • ޔުނިވަރސިޓީގެ މައި ލައިބްރަރީއާއި، ޔުނިވަރސިޓީގެ ކުއްލިއްޔާތަކާއި ސެންޓަރުތަކުގެ ލައިބްރަރީތަކުގެ ޢިލްމީ އަދި އިދާރީ މަސައްކަތްތައް ހިގާ ނުހިގާގޮތް ބެލެހެއްޓުމާއި، އެތަންތަނަށް ގެންނަށް ޖެހޭ ޢިލްމީ އަދި އިދާރީ ތަރައްޤީތައް ގެނައުމުގައި ވައިސް ޗާންސްލަރއަށް އެހީތެރިވެދިނުން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާއެކު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދެވޭނީ އަދާކުރަމުންދާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ 14 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 12:00 އަށެވެ. ވަޒީފާއަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށެވެ.
  • އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް ކޮންޕިޓެންސީ ޓެސްޓްއާއި އިންޓަރވިއުކުރުން އޮންނާނީ 15 އޮކްޓޯބަރ 2019 އާއި 30 ނޮވެމްބަރ 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި ކޮންޕިޓެންސީ ޓެސްޓްއާއި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. މި ތާރީޚަށް ބަދަލު އަތުވެއްޖެނަމަ އެކަން އަންގާނެ ވާހަކަ ދަންނަވެމެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށްފަހުގައެވެ.
  • ޑެޕިއުޓީ ވައިސް ޗާންސަލަރުންގެ މަޤާމަށް މީހަކު ހޮވުމަށްޓަކައި ކުރިއަށް ގެންދެވޭ މަރުހަލާތަކާއި މަޤާމަށް އައްޔަނުކުރެވޭ ފަރާތަށް މަދުވެގެން ލިބެންޖެހޭނެ މާކުސް ޑެޕިއުޓީ ވައިސް ޗާންސަލަރުންގެ މަޤާމަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލުގައި ވާނެއެވެ. މިމަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބްސައިޓް ލިންކް: https://www.ium.edu.mv/gazette/260919/
02 އޮކްޓޫބަރު 2019
ހޯދާ