ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑީން (ކުއްލިއްޔާ އޮފް އެރަބިކް ލޭންގްއެޖް)

ވަޒީފާގެ ފުރުޞަތު

މަޤާމް:                  ޑީން (ކުއްލިއްޔާ އޮފް އެރަބިކް ލޭންގްއެޖް)

މަޤާމުގެ ކްލެސިފިކޭޝަން:      އެކެޑެމިކް

ބޭނުންވާ ޢަދަދު:             1

މަޤާމުގެ މުއްދަތު:            ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް   

  • ޕީ.އެޗް.ޑީ ނަމަ، މުސާރަ މަހަކު: 15,246.00ރ، ސާރވިސް އެލަވަންސް: 6،534.00ރ
  • މާސްޓަރ ނަމަ، މުސާރަ މަހަކު: 12,687.50ރ، ސާރވިސް އެލަވަންސް: 5,437.50ރ
  • ޓެނުއަރޝިޕް އެލަވަންސް: މި އެލަވަންސް ދެވެނީ ކިޔަވާ ދަރިވަރުންނަށް ނިސްބަތް ކޮށެވެ. ޓެނުއަރޝިޕް އެލަވަންސާ ގުޅޭ މަޢުލޫމާތު ޔުނިވަރސިޓީގެ "ޑީނުންނާއި ސެންޓަރު ތަކުގެ ވެރިން ޢައްޔަނުކުރާ އުޞޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ. މި މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން https://www.ium.edu.mv/gazette/deans-policy/ ލިބިވަޑައިގަންނަވާނެއެވެ.
  • ފޯން އެލަވަންސް މަހަކު: /-500 ރުފިޔާ

ތަޢުލީމީ ޝަރުޠުތައް:

  • ޑީންކަމަށް ހަމަޖެއްސޭނީ ދަށްވެގެން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ފެންވަރުގެ ސަނަދެއް  އެރަބިކް ލޭންގްއެޖް ނުވަތަ ލިޓްރެޗަރ ޓީޗިންގ ނުވަތަ އެރަބިކް ލޭންގްއެޖް ކަރިކިއުލަމް ނުވަތަ އިސްލާމިކް ސްޓަޑީޒް ނުވަތަ އިސްލާމިކް ތޯޓްސް ނުވަތަ އިސްލާމީ ޙަޟާރާ އާއި ތާރީޚުގެ ދާއިރާއިން ޙާޞިލުކޮށްފައިވާ މީހެކެވެ. ޓަރމިނަލް ޑިގްރީއެއް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ތަޖުރިބާ ޝަރުޠުތައް:

  • ·           މަދުވެގެން ތިން އަހަރު ދުވަހުގެ ހިންގުމުގެ ނުވަތަ ޓާރޝަރީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ހުރުން

މަތީ ހަރުފަތްތަކުގައި މަދުވެގެން 3 އަހަރު ދުވަހުގެ ހިންގުމުގެ (މެނޭޖްމަންޓްގެ) ތަޖުރިބާ ހުރުން. ޚާއްޞަކޮށް، މަތީ ތަޢުލީމުގެ ދާއިރާއިން މި ތަޖުރިބާ ހުރުމަކީ އެދެވިގެންވާ ކަމެކެވެ. މަތީ ހަރުފަތްތަކުގެ ހިންގުމުގެ (މެނޭޖްމަންޓްގެ) ތަޖުރިބާކަމުގައި ބަލާނީ، ދަށްވެގެން އެސިސްޓެންޓް ޑިރެކްޓަރ ފެންވަރުގެ މަޤާމުތަކުގެ ތަޖުރިބާއެވެ. ޓާރޝަރީ (މަތީ ތަޢުލީމުގެ ދާއިރާގައި) ފުލްޓައިމްކޮށް ކިޔަވައިދިނުން ތަޖުރިބާގެ މުއްދަތުގެ ތެރޭގައި ގުނޭނެއެވެ. މާކްސް ދިނުމުގައި ތަޖުރިބާ ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ. ޕާޓްޓައިމް ވަޒީފާތަކުގެ ތަޖުރިބާ މާކްސް ދިނުމުގައި ނުގުނޭނެއެވެ.

މަޤާމުގެ ބައެއް ޝަރުޠުތައް:

  • މަޤާމުގައި ހުންނަ މީހަކު، އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީން ބޭރުގައި އަދާކުރެވޭނީ ޔުނިވަރސިޓީ މަޖިލިހުގެ ހުއްދަ ލިބިގެންނެވެ.
  • ރައްޔިތުން ވޯޓުދީގެން ހޮވާ ސިޔާސީ މަޤާމަށް ކުރިމަތިލުމުން މި ވަޒީފާއިން ވަކިވާނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

ޑިންގެ މަޤާމުގެ މަސްއޫލިއްޔަތު ބެހިގެންވަނީ މައިގަނޑު 4 (ހަތަރު) ބައެއްގެ މައްޗަށެވެ. އެއީ ލީޑަރޝިޕާއި އިދާރީ ހިންގުން، މުޢާމަލާތާއި ގުޅުންތައް، ވަޞީލަތްތައް ހޯދައި ތަރައްޤީކުރުން އަދި ތައުލީމީ ޙަރަކާތްތަކުގެ މައްޗަށެވެ. ޑީންގެ މަޤާމުގެ މަސްއޫލިއްޔަތު ބެހިގެންވަނީ މައިގަނޑު 4 (ހަތަރު) ބައިގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

ލީޑަރޝިޕާއި އިދާރީ ހިންގުން

  • ކަމާގުޅޭ އެންމެހާ ފަރާތްތަކެއްގެ ޙިއްޞާއާއެކު، ފެކަލްޓީ/ ސެންޓަރުގެ މަޤްޞަދު ޙާޞިލު ކުރެވޭނޭހެން ސްޓްރެޓެޖިކް ޕްލޭނާއި ބިޒްނަސް ޕްލޭނާއި އެކްޝަން ޕްލޭން އެކުލަވައިލާ، ނުވަތަ ކުރިން އެކުލަވާލައިފަ ހުރި އެފަދަ ޕްލޭންތައް މުރާޖަޢާކޮށް އެއާ އެއްގޮތްވާ ގެތޮގެމަތިން ތަން ހިންގުން.
  • އެކްސަލަންސާއި އެފިޝަންސީ (ފުރިހަމަކުމާއި ނަތީޖާ ނެރެވޭ) މެނޭޖްމަންޓް ނިޒާމެއް މަރުކަޒުގައި ޤާއިމުކުރުން.
  • ތަން ހިންގުމާއި މައްސަލަތައް ޙައްލުކުރުމަށް އިސްވެ ޙަރަކާތްތެރިވުމާއި، އިންސްޕަޔަރިންގ ލީޑަރޝިފެއް ދިނުމާއި، އެކި ކަންކަމާ ގުޅިގެން ޖަލްސާތައް ބާއްވާ ކަންކަމާމެދު ގޮތްތައް ނިންމުން.
  • މަސްއޫލިއްޔަތު އުފުލުމާއި ޤަވާޢިދުތަކާއި ވާޖިބުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގެ ކަލްޗަރެއް ތަނުގައި އަށަގެންނެވުން.
  • ފެކަލްޓީ/ ސެންޓަރުގެ ދުވަހީ ޙަރަކާތްތައް ހިންގުމަށް ފަސޭހަ އަދި ފުރިހަމަ އިދާރީ އޮނިގަނޑެއް ހަމަޖެއްސުން.
  • އެކި ކަންކަމާގުޅިގެން އަމިއްލަ ފަރާތްތަކާއި ސަރުކާރާއި މަރުކަޒީ އިދާރާއިން އެދޭ ރިޕޯޓްތައް ވަގުތަށް ތައްޔާރުކޮށް ފޮނުވުން.
  • ކުއްލިއްޔާ/ސެންޓަރުގެ ޑިޕާރޓްމަންޓްތަކުގެ މަސައްކަތް ވިލަރެސްކުރުމާއި ޕްރޮގްރާމްތައް ހިންގުމުގައި ވާނުވާ ބެލުން.
  • ޔުނިވަރސިޓީގެ ސިޔާސަތުތައް ހަރުދަނާ ކުރުމަށްޓަކައި އިދާރާގެ މުއައްޒަފުންނަށް އިރުޝާދު ދިނުން.
  • ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ފެކަލްޓީ/ސެންޓަރުގެ އެންމެހާ ކަންކަން އޮބްޖެކްޓިވް ގޮތެއްގައި ރިވިއުކޮށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް އަވަހަށް ގެނައުން.

މުޢާމަލާތާއި ގުޅުންތައް

  • ކުއްލިއްޔާ/ސެންޓަރުގެ އެންމެހާ މުވައްޒަފުންނާއި ޔުނިވަރސިޓީގެ އިސް ފަރާތްތަކާއެކު ގާތް ގުޅުމެއް ޤާއިމުކުރުން.
  • ކޯސްތަކަށް ދަރިވަރުން ހޯދުމުގައި އިސްވެ ޙަރަކާތްތެރިވުމާއި ތަނުގައި ކިޔަވާދޭ ދަރިވަރުން ކޯސްތަކުގައި ކުރިޔަށް ދިއުމަށް އެހީތެރިވުމާއި އެ މީހުންނަށް ޖެހޭ މައްސަލަ ތަކުގައި އަޅާލުން.
  • ދަރިވަރުންނަށް ޕްލޭސްމަންޓް ހޯދުމަށާއި މުވައްޒަފުންނަށާއި ދަރިވަރުންނަށް ތަޖުރިބާ ހޯދޭނެ ފުރުޞަތުތައް ހޯދުމަށާއި ތަނުގެ ޤަދަރާއި ވަޞީލަތްތައް އިތުރުކުރުމުގެ މަޤްޞަދުގައި ސަރުކާރާއި ޤައުމުގެ މުހިންމު މުއައްސަސާތަކާ ގުޅުންތައް ޤާއިމުކުރުން.
  • ކުއްލިއްޔާ/ސެންޓަރުގެ އެޑްވައިޒަރީ ބޯޑާއި ކުއްލިއްޔާ/ ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ފަހިކުރެވިދާނެ ފަރާތްތަކާ ގާތް ޕްރޮފެޝަނަލް ގުޅުމެއް އުފެއްދުން.
  • ކުއްލިއްޔާ/ ސެންޓަރަށް މޮޅު ދަރިވަރުން ހޯދުމާއި ޕަބްލިކް ރިލޭޝަންސް ކަންތައް އޯވަރސީކޮށް ބެލެހެއްޓުން.
  • ކޯސްތައް އިޝްތިހާރުކުރުމާއި މާރކެޓްކުރުން.
  • ބޭރުގެ އެޖެންސީތަކާއި އޮފީސްތަކާއި ޖަމާޢަތްތަކާއި ޢާންމު ފަރާތްތަކަށް ކުއްލިއްޔާ/ ސެންޓަރ ތަމްސީލުކުރުން.
  • ބޭރުގެ ޔުނިވަރސިޓީ ތަކާއެކު ގުޅުން ބަދަހި ކުރެވިދާނެ ގޮތްތައް ހޯދާ ވައިސް ޗާންސެލަރަށް ހުށަހަޅައިގެން ތަނަށް ފައިދާހުރި ގުޅުންތައް ކުރިޔަށް ގެންދިއުން.
  • ބިދޭސީ ދަރިވަރުންނަށް ކުއްލިއްޔާ/ ސެންޓަރު ތަޢާރުފުކޮށް، ޔުނިވަރސިޓީގެ އެކަމަށް އޮތް ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ބިދޭސީ ދަރިވަރުންނަށް ފުރުޞަތު ދިނުން.
  • ޔުނިވަރސިޓީ އާއި ޔުނިވަރސިޓީން ބޭރުގައި ބައިވެރިވާންޖެހޭ އެންމެހާ ކޮމިޓީތަކާއި ގްރޫޕް ތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

 

ވަޞީލަތްތައް ހޯދައި ތަރައްޤީކުރުން

  • ތަނަށް މުވައްޒަފުން ލެއްވުމަށާއި، ރަނގަޅު ފަރާތްތައް މަޤާމުގައި ބޭތިއްބުމަށާއި، ފެންވަރު ބެލުމަށާއި، ކުރިއެރުވުމަށާއި، ތަނުގެ މިޝަންއަށް އެއްބާރުލުން ނުދޭ މީހުން ވަކި ކުރުމަށާއި އުޖޫރަތަކާއި އެލަވަންސްތައް ކަނޑައެޅުމަށް ބޭނުންވާ ރެކަމެންޑޭޝަންތައް ތައްޔާރުކުރުމަށް އިސްވެ މަސައްކަތްކުރުން.
  • ތަނުގެ މުއައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކާއި ތަޖުރިބާތައް ހޯދައި ތަނަވަސްކޮށްދީ އެފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުން.
  • ތަނުގެ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާއި ޢިމާރާތާއި މެޝިނަރީފަދަ ވަޞީލަތްތައް މަރާމާތުކޮށް ބަލަހައްޓައި އެ ތަންތަނާއި ތަކެތީގެ ފުރިހަމަ ބޭނުންކުރުން، އަދި އައު ޖާގަތައް ޕްލޭންކޮށް ހޯދައި ހަމަޖައްސެމުގައި އެހީތެރިވުން.
  • ތަނުގެ ބަޖެޓް އެކުލަވައިލުމުގައްޔާއި ބަޖެޓަށް ވާނުވާ ބެލުމުގައްޔާއި ތަނަށް ބޭނުންވާ ވަޞީލަލްތައް ހޯދުމަށް ބަޖެޓުން ޚަރަދުކުރުމަށް އެހީތެރިވުން.
  • ތަނުގެ ސްޓްރެޓެޖިކް މަޤްޞަދު ޙާޞިލްވާގޮތަށް އައި.ޓީ. ނިޒާމް ހަރުދަނާކޮށް ބެލެހެއްޓުން.
  • އެކި ގޮތްގޮތުން ކުއްލިއްޔާއަށާއި ސެންޓަރަށް ފައިސާއާއި ވަޞީލަތްތައް ހޯދޭނެ މަގުތައް ފަހިކުރުން.

ތައުލީމީ ޙަރަކާތްތައް

  • އައު އެކެޑެމިކް ޕްރޮގްރާމްތަކާއި އައު ޙަރަކާތްތައް ފެށުމަށާއި އައުކުރުމަށާއި އުވާލުމަށް ކުރަންޖެހޭ ކަންތައްތައް ހިންގުން.
  • ވަޒީފާގެ ބާޒާރަށާއި ޤައުމީ ކުރިއެރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ކޯސްތައް އުފައްދައި ހިންގުމާއި، ހަރުދަނާ އެކެޑެމިކް ސްޓޭންޑަރޑްތައް ތަނުގައި ޤާއިމުކުރުން.
  • ކޯސްތަކުގައި ކިޔަވައިދިނުމާއި އެކެޑެމިކް ޙަރަކާތްތަކުގައި ބައިވެރިވުން.
  • ކުއްލިއްޔާގެ ތަޢުލީމީ އަދި ދަރިވަރުންނަށްދޭ އެކެޑެމިކް އެހީއާބެހޭ ޕްރޮގްރާމް ތަރައްޤީކޮށް، ހިންގައި ޕްރޮމޯޓްކުރުން.
  • މާއްދާތައް ކިޔަވާދޭނޭ މުދައްރިސުންނާއި އެކިއެކު ޙަރަކާތައް ހިންގުމަށް މީހުން ހޯދުމުގައި އެހީވުމާއި ކިޔަވައިދިނުމުގެ ފެންވަރު ބެލުމާއި އިތްމިޙާނުތައް ހިންގުން.
  • ދަރިވަރުންނާއި މުއައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓިފައި ހުންނަނީ ހަމައަށްކަމާއި ތެދުކޮށްކަން ކަށަވަރުކުރުން.
  • ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އައު ތަޢުލީމީ ސިޔާސަތުތައް ހުށައަޅައި، ފާސްކޮށް ތަންފީޒު ކުރުމުގައި އިސް ދައުރެއް އަދާކުރުން.
  • ދާއިރާއާ ގުޅޭ ދިރާސާތައްކޮށް ދިރާސާތައް ޢާންމުކުރުން.
  • ޔުނިވަރސިޓީ އެހެން ކުއްލިއްޔާ/ ސެންޓަރުތަކާއެކު ގުޅުން ބަދަހިކޮށް އެހެން މަރުކަޒުތަކާ ގުޅިގެން ކޯސްތައް ހިންގުން.

މަޤާމާއި ގުޅޭ ބައެއް މަޢުލޫމާތު ޔުނިވަރސިޓީގެ " ޑީނުންނާއި ސެންޓަރު ތަކުގެ ވެރިން ޢައްޔަނުކުރާ އުޞޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ. މިމަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން https://www.ium.edu.mv/gazette/deans-policy/  ލިބިވަޑައިގަންނަވާނެއެވެ.   

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީ https://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާއެކު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދެވޭނީ އަދާކުރަމުންދާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

  • މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 12:00 އަށެވެ. ވަޒީފާއަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށެވެ.
  • އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 14 އޮކްޓޯބަރ 2019 އާއި 30 އޮކްޓޫބަރ 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށްފަހުގައެވެ.
02 އޮކްޓޫބަރު 2019
ހޯދާ