ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް:

މަސައްކަތު 

މަޤާމުގެ ނަންބަރު:

J-223354

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާރފް ގްރޭޑް1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

3100.00 ރުފިޔާ 

ސަރވިސް އެލެވަންސް:

1000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2:

1200.00 ރުފިޔާ

އެހެނިހެން އެލަވަންސް

01-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

02-  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

03-  ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

01- އެކިފަރާތްތަކަށް ރައްދުކުރުމަށް ޙަވާލުކުރެވޭ ސިޓީ، މެސެޖް، ނޯޓް ފަދަތަކެތި އެފަރާތްތަކަށް ރައްދުކުރުމާއި، އިދާރާއަށް ހާޟިރުކުރުމަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

02- އެކިފަރާތްތަކަށް އެންގުމަށް ޙަވާލުކުރެވޭ އެންގުންތައް އެފަރާތްތަކަށް އެންގުމާއި، ސޮއިކުރުމަށް ޙަވާލުކުރެވޭ ލިއުންތަކުގައި ސޮއިކުރުވުން

03- އިދާރާގެ އެތެރެއާއި ބޭރާއި، އިދާރާގެ ގޯތިތެރެއާއި ފާޚާނާތަކާއި އެންމެހައި ތަންތަން  ކުނިކަހައި، ފޮޅައި ސާފުކުރުމާއި، ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ދުވަހުންދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

04- އިދާރާގެ ޢިމާރާތުގެ އެތެރޭގައި މޮޕްއެޅުމާއި، އިމާރާތުގައި ހަރުކުރެވިފައިވާ ދޮރާއި ދޮރުފަތްތަކާއި، ޗެންޗޭން ފަދަ ތަންތަން ފޮހެ ސާފުކުރުމާއި، ކުނި އަޅާ ޑަސްބިންތައް ސާފުކުރުން.

05- އޮފީހުގެ މޭޒުތަކާއި ތަންތަން ފޮޅާ ސާފުކުރުން.

06- އަތޮޅުކައުންސިލް އިދާރާގެ ސައިކޮޓަރި ސާފުތާހިރުކޮށް ދުވަހުން ދުވަހަށް ބެލެހެއްޓުން.

07- އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި، ތަންތަނުގައި އިންދާފައިވާ ގަސްގަހާގެހި ބެލެހެއްޓުމާއި، ގަސް އިންދުމާއި އަދި ކޮންމެ ދުވަހަކު އެއްފަހަރު ބިންގަނޑު ތެމޭވަރަށް ގަސްތަކަށް ފެންދިނުން.

08- އަތޮޅު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކާ ތަންތަން ސްޕަވައިޒަރ އަންގަވާ ގޮތެއްގެ މަތިން ސާފުތާހިރުކޮށް ބެލެހެއްޓުން

09- އަތޮޅުކައުންސިލް ނުވަތަ އެނޫންވެސް ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ އިދާރާއާ ގުޅުންހުރި ބޭނުންތަކަށް ވަޑައިގަންނަވާ ފަރާތަކަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ސުޕަވައިޒަރު އަންގަވާ ގޮތެއްގެ މަތިން އެހީތެރިވެ އެއްބާރުލުން ދިނުން.

10- ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ، އެހެން ސެކްޝަނެއް/ ޔުނިޓެއްގެ މަސައްކަތްތައް ޚާއްޞަ ޙާލަތެއްގައި ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތެއް ކުރުން

11- ދުވަހުކުރި މަސައްކަތްތަކުގެ ލޮގް ސްޕައިވަޒަރަށާއި، ޒިންމާދާރުވެރިޔާއަށް ދުވަހުން ދުވަހަށް ދިނުން

މަޤާމުގެ ޝަރުޠުތައް:

ލިޔަން ކިޔަން އެނގުން

 

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަކަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

               

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 (ހ) ދައުލަތުގެ މުއްއަސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީގެ މުއްދަތާއި، ވަޒީފާ ގެމަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން  ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާ ގެމަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން:  %26
  • މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ %26
  • ލިބިފައިވާ ހުނަރު (އިންޓަރވިއު) %48

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބޭ ޕޮއިންޓްގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޮކްޓޯބަރ 2019 ގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6620116 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 13 އޮކްޓޯބަރ 2019 އާއި 31 އޮކްޓޯބަރ 2019 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާ ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ އިތުރުވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވިދާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620116 ނުވަތަ 6620120 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6620043 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

01 އޮކްޓޫބަރު 2019
ހޯދާ