ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޑާންގެ ވާރކްޝޮޕް ބިންތައް އަދި ސިނާއީ ބިންތަކަށް ބިޑް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

  ޅ.ނައިފަރު އުތުރު ސިނާއީ ސަރަހައްދުން ކުއްޔަށް ދޫކުރެވޭ ސިނާއީ ބިންތަކާއި، ވަޑާންގެ ވާރކްޝޮޕް ބިންތައް ކުއްޔަށް ހިފުމަށް ބިޑް ހުށަހެޅުމުގެ މުއްދަތު 03 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމުގައި ބިޑް ބައްލަވައިގަނެފައިވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. ބިޑް ހުށަހެޅުން އޮންނާނީ މަލްޓިޕާޕަސް ބިލްޑިންގ ހޯލްގައި ތިރީގައި ދެންނެވިފައިމިވާ ގަޑިތަކުގައެވެ.

ބިޑް ގެ ނަން

ބިޑް އޯޕެން މީޓިންގ ވަގުތު

ވަޑާންގެ ވާރކްޝޮޕް ބިން

03 އޮކްޓޯބަރ 2019 ވަނަ ދުވަހު 10:00 ގައި

އަލަށް ކުއްޔަށް ދޫކުރެވޭ ސިނާއި ބިންތައް

03 އޮކްޓޮބަރ 2019 ވަނަ ދުވަހު 11:00 ގައި

ކުރީގެ ސިނާއީ ބިންތައް

03 އޮކްޓޯބަރ 2019 ވަނަ ދުވަހު 12:00 ގައި

މި މުއްދަތުގެ ތެރޭގައި މި ބިންތައް ކުއްޔަށް ދޫކުރުމަށް އެކުލަވާލެވިފައިވާ މައުލޫމާތު ކަރުދާހަށް އެއްވެސް ބަދަލެއްގެނެވިއްޖެނަމަ ގެނެވިފައިވާ ބަދަލުތައް ނައިފަރު ކައުންސިލްގެ ވެބްސައިޓް http://www.naifaru.gov.mv/، ނައިފަރު ކައުންސިލްގެ ފޭސްބުކް ޕޭޖް އަދި ނައިފަރު ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

26 ސެޕްޓެންބަރު 2019
ހޯދާ