މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ނ.މަގޫދޫ، ށ.ފުނަދޫ، ނ.ލަންދޫ، އދ.ދަނގެތި އަދި ލ.ފޮނަދޫ މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

1. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދިލެއްވުމުގެ މަތިން ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ޕްރޮޖެކްޓް ނަންބަރު

 

ޕްރޮޖެކްޓް ނަން

ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ (ދިވެހި ރުފިޔާ)

އެން.ސީ.އާރް ގްރޭޑް އަދި ޝަރުޠު ހަމަވާންޖެހޭ ގިންތި

TES/2019/W-125

ނ.މަގޫދޫ މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް

28,000.00 ރ.

GC01 ގެ ގިންތި 1، 2، 3، 4، އަދި 5 އަކަށް ޝަރުޠުހަމަވުން

TES/2019/W-126

ށ.ފުނަދޫ މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް

35,000.00 ރ.

GC01 ގެ ގިންތި 1، 2، 3، 4، އަދި 5 އަކަށް ޝަރުޠުހަމަވުން

TES/2019/W-127

ނ.ލަންދޫ މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް

36,000.00 ރ.

GC01 ގެ ގިންތި 1، 2، 3، 4، އަދި 5 އަކަށް ޝަރުޠުހަމަވުން

TES/2019/W-128

އދ.ދަނގެތި މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް

30,000.00 ރ.

GC01 ގެ ގިންތި 1، 2، 3، 4، އަދި 5 އަކަށް ޝަރުޠުހަމަވުން

TES/2019/W-129

ލ.ފޮނަދޫ މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް

36,000.00 ރ.

GC01 ގެ ގިންތި 1، 2، 3، 4، އަދި 5 އަކަށް ޝަރުޠުހަމަވުން

2. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް500/-  (ފަސްސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 22 ސެޕްޓެންބަރު 2019 އިން 02 އޮކްޓޫބަރު 2019 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 12:00 އަށް މި މިނިސްޓްރީއިންނެވެ.

4. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 22 ސެޕްޓެންބަރު 2019 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

5. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިންނެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

6. 30 މާރިޗު 2019 އިން ފެށިގެން މި މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. އަދި، މި ބީލަމުގައި ބައިވެރިވެވޭނީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުތު ހަމަވާ ކޮންޓްރެކްޓަރުންނަށެވެ.

7. މި ޕްރޮޖެކްޓްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 25 ސެޕްޓެންބަރު  2019ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. ބީލަންތައް ހުޅުވުން އޮންނާނީ 03 އޮކްޓޫބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ނެޝަނަލް ޓެންޑަރ،

      މިނިސްޓްރީ އޮފް ފިނޭންސް،

      އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

      ފޯން: 1617  

      އީމެއިލް: [email protected]

         [email protected]            

      ކޮޕީ: [email protected]  

10. މިޕްރޮޖެކްޓްތަކާއި ގުޅޭ އެންމެހާ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

19 ސެޕްޓެންބަރު 2019
ހޯދާ