މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހައުސިންގ ޔުނިޓް އެޅުމާއި ގުޅޭ:

މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

  ކ.ގާފަރު ދިވެހިރާއްޖެ                                                                                                                         ނަމްބަރ: 331/331/2019/48(IUL)

 

އިޢުލާން

 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހައުސިންގ ޔުނިޓް އެޅުމާއި ގުޅޭ

 

                   ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހައުސިންގ ޔުނިޓް އަޅައިދިނުމުގެ މަޝްރޫޢުގެ ދަށުން އަތޮޅުތެރޭގެ ރަށްތަކުގައި ދޫކޮށްފައިވާ ގެވަޅުތަކުގެ ތެރެއިން މިހާތަނަށް ގެ އިމާރާތްނުކުރެވި ހުރި ހުސް ގެވަޅުތަކުގައި ގެ އެޅުމުގެ މަޝްރޫޢުއެއް ހިންގުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްން ވަނީ ނިންމާފައެވެ.

                   ވުމާއިއެކު، މަތީގައި ދެންނެވިފައިވާ މަޝްރޫޢުގެ ދަށުން ކ.ގާފަރުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ގެ ޢިމާރާތްކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.

                  ވީމާ، މިހާތަނަށް ގެ ޢިމާރާތް ނުކުރެވިހުރި ހުސް ގެވަޅުތަކުގައި ގެ ޢިމާރާތްކުރަން ބޭނުންވެލައްވާ ފަރާތްތަކުން، މިކައުންސިލުން ދޫކުރާ ފޯމް ފުރުއްވުމަށްފަހު، 25 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމް ފުރުއްވުމަށްފަހު ދެންނެވިފައިވާ ތާރީޚްގެ ކުރިން މިކައުންސިލްގެ އީމެއިލް  [email protected] ނުވަތަ [email protected] އަށް މެއިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

19 ސެޕްޓެންބަރު 2019
ހޯދާ