ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު-ޕްރިންޓަރ

ފިޔޯރީ ސްކޫލް

  ގދ.ފިޔޯރީ

 

ނަންބަރު:GS209/IUL/2019/20

 

މަޤާމް:

ޕްރިންޓަރ

މަޤާމްގެ ނަންބަރ:

J238996

ބޭނުންވާ އަދަދު:

01

ރޭންކް:

އެސް.އެސް.3

ކްލެސިފިކޭޝަން :

ސަޕޯޓް ސްޓާފް ގްރޭޑް 3

ގިންތި:

ދާއިމީ

މަޤާމް އޮތް އޮފީސް:

ފިޔޯރީ ސްކޫލް ، ގދ.ފިޔޯރީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފިޔޯރީ ސްކޫލް ، ގދ.ފިޔޯރީ

ސެކްޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން

މުސާރަ :

3875.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވްންސް:

1200.00 ރުފިޔާ

އެހެނިހެން އިނާޔަތް:

ސިވިލްސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެމަތިން، ސިވިލްސަރވިސްގެ މުވައްޒަފުންނަށް  ދެވޭ އިނާޔަތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ އިނާޔަތް) ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ލިބޭނެއެވެ. އަދި ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ސުކޫލުން ޗާޕުކުރަންޖެހޭ އެންމެހައިތަކެއްޗާއި ފޮޓޯކޮޕީ ނަގަންޖެހޭ އެންމެހައި ތަކެތި މުދައްރިސުންނަށް ދަތިނުވާގޮތަށް ޗާޕްކުރުމާއި ފޮޓޯކޮޕީނެގުން.

2- ޗާޕުކުރެވޭ އަދި ފޮޓޯކޮޕީ ނެގޭތަކެތީގެ ކޮޕީތައް ފައިލްކޮށް ބެލެހެއްޓުން.

3- ޗާޕުކުރެވޭ އަދި ފޮޓޯކޮޕީ ނެގޭތަކެތީގެ ރެކޯޑްތައް ބެލެހެއްޓުން.

4- ޕްރިންޓްރޫމްގައިވާ އެންމެހައި މެޝިނަރީއަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ޙައްލުކުރުމުގައި ބަޖެޓް ސެކްޝަނާއި ގުޅިގެން ކުރިޔަށް ގެންދިޔުމާއި އަދި ތަކެތީގެ ބޭނުން އެންމެ އެދެވޭގޮތަށް ކުރުން.

5- ޗާޕްކުރާ މެޝިންތަކަށް ބޭނުންވާ ކާޓްރިޖްފަދަ ތަކެތި ހުސްވެގެން މަސައްކަތަށް ދަތިނުވާނެގޮތަށް ދުރާލާ އެތަކެތި ހޯދާ ސްޓްކް ކޮށްފައިބެހެއްޓުން.

6- މެޝިނަރީއަށް ދިމާވާ މައްސަތަކާއިގުޅިގެން ބަދަލުކުރެވޭ ސްޕެއަރގެ ރެކޯޑް ބެލެހެއްޓުމާއި ސާރވިސްކުރުމުގެ ރެކޯޑް ބެލެހެއްޓުން.

7- ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުނާއި ސްކޫލުން ކުރާ މަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން.

8- ކުދިންނަށް ތައްޔާރުކުރާ އެކިއެކި ކަރުދާސް، ސުލިޕް، އަދި ޓެސްޓް ބެލެނިވެރިންނަށް އަންގާ ލިއުން ފަދަ ތަކެތި ޓައިޕްކޮށް ކޮޕީ ހެއްދުމަށްފަހު މިތަކެތި ޓީޗަރުންނާ ޙަވާލުކުރުން.

9- ލީޑިންގ ޓިޗަރ ގެ ބެއްލެވުމުގެ ދަށުން އެ ލީޑިންގ ޓީޗަރަކު ބަލަހައްޓަވާ ގްރޭޑް ނުވަތަ ގްރޭޑްތަކުގެ އިދާރީ މަސައްކަތް ކުރުން.

10- ޙަވާލުކުރެވިފައިވާ ލީޑިންގ ޓީޗަރ ބަލަހައްޓަވާ އިތުރު ޙަރަކާތް ތަކުގެ އިދާރީ މަސައްކަތްތައް އެ ލީޑިން ޓީޗަރެއްގެ ބެއްލެވުމުގެ ދަށުން ކުރުން.

11- އެއްވެސް މުއައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީއެއްގައި ހުރުމުގެ ސަބަބުން އެމުއައްޒަފެއްގެ މަސައްކަތް ޙަވާލުކުރެވިއްޖެނަމަ އެމަސައްކަތެއް ކުރުން.

މަޤާމުގެ ޝަރުތު: 

1- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

2- ގްރޭޑް 7 ނިންމާފައިވުން.

 

ނޯޓް: ގްރޭޑް 7 ނިންމާފައިވާކަން ކަށަވަރުކުރާނީ، ލީވިންގ ސެޓްފިކެޓް ނުވަތަ ގްރޭޑް 7 ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލުން ދޫކޮށްފައިވާ ލިޔުމަކަށް ރިޢާޔަތްކޮށެވެ.

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ

ކްލެރިކަލް ސަޕޯޓް

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ  އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ. )

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ؛

  ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

  ށ. މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓް ތަކާއި ޓްރާންސްކުރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.

7- ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ،

  ހ. ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  ށ. އަމިއްލަ ކުންފުންޏެއް  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ. އަދި ވަޒިފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަކުނެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދުކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކްފޯރމް.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ދާއިރާ

ތަފްޞީލް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

25

21

26

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

48

48

ޖުމްލަ

210

100

100

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %35 (ތިރީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމް މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް (www.csc.gov.mv) މި ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.  މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 18 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން ފިޔޯރީ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން  ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑަ އަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

އިންޓަރވިއު ކުރުން

ވަޒީފާއަށް/ މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 22 ސެޕްޓެމްބަރ 2019 އާއި 24 ސެޕްޓެމްބަރ 2019 އާއި ދެމެދު ފިޔޯރީ ސްކޫލުގެ ލައިބްރަރީގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7983086 އަށެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

 

09 ސެޕްޓެންބަރު 2019
ހޯދާ