ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކޮންފަރެންސް ރޫމްގައި ބެހެއްޓުމަށް ގަސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

                                                   ނަންބަރު:146-A3/2019/177

 

                        އިޢުލާން

 

 

އަންދާސީ ހިސާބު ބޭނުންވެއްޖެ. 

ފެމިލީ ކޯޓުގެ ކޮންފަރެންސް ރޫމްގައި ބެހެއްޓުމަށް ގަސް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 146-A3/2019/167  (10 ސެޕްޓެމްބަރ 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އެއިޢުލާން ބާތިލުކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ 10:00 އަށް މި ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމަށެވެ.

މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް (ބިޑާއި ގުޅޭ މައުލޫމާތު ބިޑްޑޮކިއުމެންޓުގައި ހިމަނާފައި) ފެމިލީކޯޓުގެ ރިސެޕްޝަނުންނާއި ވެބްސައިޓް (www.familycourt.gov.mv/iulaan) އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

17 ސެޕްޓެންބަރު 2019
ހޯދާ