މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ހއ. ދިއްދޫ,، ނ. މަނަދޫ އަދި މ. މުލި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށާއި ބަންދު މީހުންނަށް ކައްކާކާންދިނުމުގެ މަސައްކަތް

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

 

1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެދިލެއްވުމުގެ މަތިން،  ތިރީގައިވާ ތާވަލުގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ޕްރޮޖެކްޓްގެ ނަން

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިއުރިޓީގެ ޢަދަދު

ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށާއި ބަންދު މީހުންނަށް ކައްކާކާންދިނުމުގެ މަސައްކަތް

 

TES/2019/CA-010

30،000 ރުފިޔާ

ނ. މަނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށާއި ބަންދު މީހުންނަށް ކައްކާކާންދިނުމުގެ މަސައްކަތް

 

TES/2019/CA-011

30،000 ރުފިޔާ

މ. މުލި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށާއި ބަންދު މީހުންނަށް ކައްކާކާންދިނުމުގެ މަސައްކަތް

 

TES/2019/CA-012

25،000 ރުފިޔާ

 

2. މި ބީލަންތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2019 އޮކްޓޫބަރު 09 ވާ ބުދަ ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ އެޑްރަހަށް އީމެއިލްކުރުމުން ރެޖިސްޓްރީ ކޮށްދެވޭނެއެވެ

3. މި ޕްރޮޖެކްޓުތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ސެޕްޓެންބަރު 30 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ

4. މިޕްރޮޖެކްޓު ތަކުގެ ބިޑްސެކިޔުރިޓީ މަތީގައިވާ ތާވަލުގައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

5. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި 18 ސެޕްޓެންބަރު 2019 އިން ފެށިގެން މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި، މި ބީލަންތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

6. މި ޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތްތަކުން ކައްކާ ކާންދިނުމުގެ ކަންތައްތައް އިންތިޒާމް ކުރަންޖެހޭނީ އެރަށެއްގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.7ހުށަހަޅާ އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްޞީލު މިޕްރޮޖެކްޓުތަކުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

7. މި މަސައްކަތް ތަކުގެ ބީލަން ހުޅުވުން އޮންނާނީ 10 އޮކްޓޫބަރު 2019 ވާ ބުރާސްފަތި 11:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ނެޝަނަލް ޓެންޑަރ،

      މިނިސްޓްރީ އޮފް ފިނޭންސް،

      އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

      ފޯން: 1617

      އީ-މެއިލް:[email protected]

      ކޮޕީ: [email protected]

17 ސެޕްޓެންބަރު 2019
ހޯދާ