މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ފަރާތުން ފަރުމިޔަރާ ބެހޭ ސާރވޭތަކެއް ގއ. އަދި ގދ. އަތޮޅުތަކުގައި ކުރުމަށްޓަކައި ސަފާރީއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ސެޕްޓެބަރ 22 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 

  • ބޯޓުގެ ޙިދުމަތް ބޭނުންވަނީ 15 ޑިސެމްބަރުން ފެށިގެން 22 ޑިސެމްބަރުގެ ނިޔަލަށެވެ. ސާރވޭކުރުމުގެ ދަތުރުތައް ކުރިއަށްދާނީ މި 8 ދުވަހުގެ މުއްދަތުގެ ތެރޭގައެވެ. ސާރވޭ ދަތުރުތައް ގއ.ކޫއްޑޫ ކައިރިން ފަށައިގެން ގއ އަތޮޅުތެރޭ ދަތުރު ކުރުމަށްފަހު، ގދ އަތޮޅަށް ގޮސް އެ އަތޮޅުތެރޭގައި ސާރވޭ ދަތުރުތައް ކޮރުމަށްފަހު، މުޅި ދަތުރު ނިމޭނީ ގދ.ކާޑެއްދޫ ކައިރިންނެވެ.
  • ބޯޓުން ހަމަޖައްސާދިނުމަށް ބޭނުންވާނެ ޙިދުމަތްތައް؛
  • ބޯޓުގައި 6 މުވައްޒަފުންގެ ހުރުމާއި، ކެއުމުގެ އިންތިޒާމް.
  • މިމަސައްކަތް ކުރުމަށް ބޭނުންވާނޭ އެން، ގަނޑުކޮށް ރައްކާކުރުމަށްޓަކައި ސަފާރީގެ ފަރާތުން ކުޑަ ޑީޕް ފްރީޒަރެއް.
  • ސެންޓަރުގެ ކުޑަ ޑީޕް ފްރީޒަރެއް ("8×'1) ސަފާރީގައި ބެހެއްޓުމުގެ އިންތިޒާމްހަމަޖައްސައިދިނުން
  • ކުރަން ބޭނުންވާ ދަތުރުތައް؛
  • އެއް ސައިޓުން އަނެއް ސައިޓަށް ދަތުރުކުރުން (މި ސާރވޭތައް ކުރުމަށްޓަކައި ކޮންމެ އަތޮޅަކުން ގާތްގަނޑަކަށް 30-40 ކިލޯމީޓަރުގެ ސަރަހައްދެއްގެ ތެރެއިން ސައިޓްތަކެއް ހޮވޭނެއެވެ. އެއް ސައިޓާއި އަނެއް ސައިޓްގެ ދުރުމިނުގައި މަދުވެގެން 500މީޓަރު ހުންނާނެއެވެ)
  • މިސާރވޭތަކުގައި ކުރާނޭ މައިގަނޑު މަސައްކަތަކީ، އަތޮޅު ތެރޭގައި ހޮވާލެވޭ ސައިޓްތަކެއްގައި، މެޓަލް ފްރޭމްއެއްގައި ގޯ-ޕްރޯ ކެމެރާއެއް ހަރުކޮށް، އެން ކޮޅެއް ލުމަށްފަހު މި"ބެއިޓެޑް ރިމޯޓް އަންޑަރވޯޓަރ ވީޑިއޯ" ސެޓްއަޕް ގަޑިއެއްގެ އިރުވަންދެން ފެއްތުމަށްފަހު ނެގުމެވެ.

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

އަގަށް 100 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 100 ) (ދެ ރަށައް އަގު ހުށަހަޅާނީ ވަކިވަކިން އަދި އިވެލުޢޭޓް ކުރާނީ ދެ ރަށުގެ އަގު ވަކިންނެވެ.)

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީ.

ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ބ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ޅ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 އަދި 3322242 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

16 ސެޕްޓެންބަރު 2019
ހޯދާ