މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާގިރީގައި ލައިޓް ޖެހުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

            މާލެ އަތޮޅު މާގިރީގައި ޖެހުމަށް ހަމަޖެހިފައިވާ  12 މޭލު ދުރަށް އަލިފޮނުވާ 01 (އެކެއް) ފަރުބައްތި ސޮފްޓް ޕައިލް ކޮށްގެން ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް 15 ސެޕްޓެމްބަރ 2019 އިން ފެށިގެން މައުލޫމާތު ޝީޓް މިއޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. ޕްރީބިޑް މީޓިންގް އޮންނާނީ 17 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހު 10:00 ގައެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 22 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މި އޮތޯރިޓީގައި އެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

13 މުޙައްރަމް 1441

                                                15 ސެޕްޓެންބަރ 2019     

15 ސެޕްޓެންބަރު 2019
ހޯދާ