މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިއުޓްގެ ފަރާތުން، ރާއްޖޭގައި ފާނަ މަސްވެރިކަން ކުރުމާއި އެކްސްޕޯޓް ކުރުމުގެ ގަވާއިދުގެ ދަށުން ޙިމާއަތް ކުރެވިފައިވާ ސަރަޙައްދެއް ކަމަށްވާ ދ. ކުޑަހުވަދޫ ކަނޑުއޮޅި އަދި މ.މުލި/މުލަކު ކަނޑުއޮޅީގައި ސާރވޭތަކެއް ކުރުމަށްޓަކައި ސަފާރީއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

  • ދ. ކުޑަހުވަދޫ ކަނޑުއޮޅި ސާރވޭ ކުރުމަށް ރޭވިފައިވަނީ 23 ސެޕްޓެމްބަރ 2019 އިން 30 ސެޕްޓެމްބަރ 2019 އަށެވެ. ދަތުރުގެ މުއްދަތަކީ މުޅިއަކު 8 ދުވަހެވެ.
  • މ.މުލި/މުލަކު ކަނޑުއޮޅި ސާރވޭ ކުރުމަށް ރޭވިފައިވަނީ 23 އޮކްޓޯބަރ 2019 އިން 31 އޮކްޓޯބަރ 2019 އަށެވެ. ދަތުރުގެ މުއްދަތަކީ މުޅިއަކު 9 ދުވަހެވެ.
  • ސަފާރީގައި 06 މުވައްޒަފުންގެ ހުރުމާއި، ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭންވާނެއެވެ.
  • މިމަސައްކަތް ކުރުމަށް ސެންޓަރުގެ ފަރާތުން ގެންދެވޭ ޑައިވް އިކުއިޕްމަންޓްތައް އަދި ޑައިވް ފުޅިތަކަށް ވައިއެޅުމަށް ބޭނުންކުރެވޭ ކޮމްޕްރެސަރ އޮޑިޔަށް އަރުވާ ބެހެއްޓޭނޭ ގޮތް ހަދާދޭންވާނެއެވެ. މީގެ އިތުރުން ޑައިވް ފުޅިތަކަށް ވައިއެޅުމުގައި އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
  • ދަތުރުގެ މައިގަނޑު މަސައްކަތްތައް ކުރިޔަށް ގެންދެވޭނީ މަތީގައި ބަޔާންކުރެވިފައިވާ 2 ކަނޑުއޮޅި ސަރަޙައްދުގައެވެ.
  • މިސާރވޭތަކުގައި ކުރާނޭ މައިގަނޑު މަސައްކަތަކީ، ދ. ކުޑަހުވަދޫ އަދި މ.މުލި/މުލަކު ކަނޑުއޮޅީގައި ފާނަ ޖަމާވާ ސަރަޙައްދުތައް ހޯދުމުގެ އިތުރުން ބިސް ދޫކުރަން ޖަމާވާ ފާނައިގެ ބާވަތްތައް އުޅޭ މިންވަރު ދެނެގަތުމަށްޓަކައި މައުލޫމާތު އެއްކުރުމެވެ.
  • ސާރވޭ ކުރުމަށް ބޭނުންވާ އިކުއިޕްމަންޓްތައް ބަހައްޓާ، މަސައްކަތްކުރާނޭ ޖާގައެއް ސަފާރީގައި ހުންނަންވާނެއެވެ.
  • އަދި ޑައިވިންގް މަސައްކަތްތަކުގައި ބޭނުންކުރުމަށް ހެޔޮވަރު ސައިޒެއްގެ ޑިންގީއެއް އޮންނަންވާނެއެވެ.
  • ޑައިވިންގް ފުޅިތަކަށް ވައި އެޅުމަށް ކޮމްޕްރެސަރ ހިންގަން ބޭނުންވާ ޕެޓްރޯލް (މަދުވެގެން 80 ލިޓަރ) ފޯރުކޮއްދޭން ވާނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ސެޕްޓެބަރ 15 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 100 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 100 ) (ދެ ރަށައް އަގު ހުށަހަޅާނީ ވަކިވަކިން އަދި އިވެލުޢޭޓް ކުރާނީ ދެ ރަށުގެ އަގު ވަކިންނެވެ.)
  • ·   އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
  • ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
  • ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
  • ·         ނ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީ.
  • ·         ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
  • ބ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.
  • ޅ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 އަދި 3322242 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

01 ސެޕްޓެންބަރު 2019
ހޯދާ