މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ "ޕްރޮޖެކްޓް ކޮންޕްލީޝަން ރިވިއު ރިޕޯޓް" ތައްޔާރުކުރުން

  މިނިސްޓްރީ އޮފް ފިޝަރީޒް,  މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް އާ ގުޅިންގެން ކުރިއަށްގެންދާ " މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ "ޕްރޮޖެކްޓް ކޮންޕްލީޝަން ރިވިއު ރިޕޯޓް" ތައްޔާރުކުރުމަށް  އެދި ކުރެވުނު ނަންބަރު: (IUL) 30-G/30/2019/183) އިޢުލާނާއި ގުޅިގެން އެކަށީގެންވާވަރަށް ޕްރޮޕޯސަލް ލިބިފައިނުވާތީ އަލުން ފުރުސަތު ހުޅުވާލަމެވެ. މިއިޢުލާނާއި އެކު ހިމެނިފައިވާ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" އާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

 ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ސެޕްޓެމްބަރ 2019 (ހޯމަ) ދުވަހުގެ 12:00  އަށް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް (ވެލާނާގެ 7 ވަނަ ފަނގިފިލާ، އަމީރު އަހުމަދު މަގު )  ހާޟިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

  އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341836 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

05 ސެޕްޓެންބަރު 2019
ހޯދާ