ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
ޅައިމަގު ސްކޫލް ސެކިއުރިޓީ ބެލެހެއްޓުން

މި ސުކޫލުގެ ނަމްބަރު އިޢުލާން GS104-A/IUL/2019/11 އާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތައް ފުރިހަމަ ވެފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.  

1  އަހަރުދުވަހަށް  މި ސްކޫލުގެ ބާ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ޅައިމަގު ސުކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން

ޅައިމަގު ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރެއްވުން.

10 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

17 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި

 މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

 މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ސެޕްޓެމްބަރ 2019

03 ސެޕްޓެންބަރު 2019
ހޯދާ