ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

އިޢުލާން

ބައުތަކެތި ނީލަންކިޔުން

މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • އައިސީޓީއާއި ގުޅުންހުރި ބައު ތަކެތި

                           މި ތަކެތީގެ ނީލަން ފެށޭ އަގަކީ 5000.00 (ފަސްހާސް) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 200.00 (ދުއިސައްތަ) ރުފިޔާ އެވެ.

                           ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 04 ވާ ބުދަ ދުވަހުގެ 11:00 އަށް މިކުންފުންޏަށް ވަޑައިގެން މިތަކެތި ބެއްލެވުމަށް ފަހު، ހުށަހަޅުއްވާ އެންމެ މަތީއަގު އަދި އައި.ޑީ.ކާޑު ގެ ފޮޓޯކޮޕީއަކާ އެކު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށް ފަހުު 2019 ސެޕްޓެމްބަރ 08 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ ރަސްމީ 03 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

                           މި ތަކެއްޗާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 3018248 ނަންބަރު ފޯނާ ގުޅުވުން  އެދެމެވެ. 

                           29 އޯގަސްޓް 2019

29 އޮގަސްޓް 2019
ހޯދާ