ފޯކައިދޫ ޞިއްޙީ މަރުކަޒު، ށ. ފޯކައިދޫ
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނާރސް

 

އިޢުލާނު

 

މަޤާމު

 ރެޖިސްޓާރޑް ނާރސް / ސީނިއަރ ރެޖިސްޓާރޑް ނާރސް / ކްލިނިކަލް ނާރސް

މަޤާމުގެ ނަންބަރު

 J-308346  ، J-308347                   

ބޭނުންވާ އަދަދު

 02 ( ދެއެއް )

މަޤާމުގެ ގިންތި

 ދާއިމީ

މަޤާމު

ރޭންކް

މަޤާމުގެ ޝަރުތުތައް

މުސާރަ

ރެޖިސްޓާރޑް ނާރސް

CS08-1

ނަރސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

9060/- ރުފިޔާ

CS08-2

ރެޖިސްޓާރޑް ނާރސް، ސީއެސް  8-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މާރކްސް ހޯދާފައިވުން.

9210/- ރުފިޔާ

CS08-3

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާރސިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

9360/- ރުފިޔާ

ސީނިއަރ ރެޖިސްޓާރޑް ނާރސް

CS10-1

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާރސިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނާރސިންގ ދާއިރާއެއްގައި ޖުލްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

9670/- ރުފިޔާ

CS10-2

ސީނިއަރ ރެޖިސްޓާރޑް ނާރސް، ސީއެސް  10-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މާރކްސް ހޯދާފައިވުން.

9920/- ރުފިޔާ

CS10-3

ސީނިއަރ ރެޖިސްޓާރޑް ނާރސް، ސީއެސް  10-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މާރކްސް ހޯދާފައިވުން.

10160/- ރުފިޔާ

ކްލިނިކަލް ނާރސް

CS12-1

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާރސިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނާރސިންގ ދާއިރާއެއްގައި ޖުލްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

10410/- ރުފިޔާ

CS12-2

ކްލިނިކަލް ނާރސް، ސީއެސް  12-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މާރކްސް ހޯދާފައިވުން.

10660/- ރުފިޔާ

CS12-3

ކްލިނިކަލް ނާރސް، ސީއެސް  12-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 85% އިން މަތިން މާރކްސް ހޯދާފައިވުން.

10940/- ރުފިޔާ

މަޤާމުގެ ކްލެސިފިކޭޝަން

 ނަރސިންގ ޕްރޮފެޝަނަލް

ޑިވިޝަން / ސެކްޝަން

 ށ. ފޯކައިދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

 ށ. ފޯކައިދޫ ޞިއްޙީ މަރުކަޒު

ސަރވިސް އެލަވަންސް

 ނުކުންނަ ކޮންމެ ދުވަހަކަށް 188/- ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކަނޑައެޅިފައިވާ ޑިއުޓީގައި ނަރުހުންގެ ދާއިރާގެ އެންމެހާ ކަންތައްތަކުގައި ޒިންމާ ނެގުމާއި ޑިއުޓީ ނޫން ގަޑިތަކުގައިވެސް އެދާއިރާގައި ދިމާވާ ކަންކަން ކުރުމާއި އެހެން ނަރުހުންނަށް އެހީތެރިވުން.  
  2. ނަރުހުންނާއި އެޓެންޑެންޓުން އަދި ދޮންނަ މީހުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ކޮންމެ ހަފްތާއެއް ފެށުމުގެ ކުރިން މުވައްޒަފުން ފެންނާނެހެން ބެހެއްޓުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކޮށް އެކަށޭނަ ފީޑްބެކްދިނުން.
  3. ނަރުހުން މަސައްކަތްކުރާ ދާއިރާގައިވާ (އޮޕްރޭޝަން ތިއޭޓަރ، ލޭބަރ ރޫމް، އެން.އައި.ސީ.ޔޫ އަދި ވޯޑުތަކުގެ) މަސައްކަތްތައް އެކަށީގެންވާ ހަރުދަނާ ގޮތަކަށް ބަހާލުން.
  4. ޑިއުޓިގައި ހޮސްޕިޓަލަށް ގެންނަ މާބަނޑުމީހުން ވިއްސުމާއި، ވިހެއުމުގައި ނުރައްކާވެދާނެ މީހުން ވިއްސުމުގައި ކަމާއިބެހޭ ޑޮކްޓަރެއްގެ މަޝްވަރާއާއެކު ކުރިއަށް ގެންދިއުން.
  5. ބޭނުންވާ އިކްއިޕްމަންޓް ފަދަ ތަކެތި އޮޓޯކްލޭވް ކުރުމާއި، އޯޓީ، ލޭބަރ ރޫމް، ޑްރެސިންގރޫމް އަދި ވޯޑްތަކަށް ބޭނުންވާ ތަކެތި ތައްޔާރު ކުރުމާއި އެތަކެތި ސާފުތާހިރުކޮށް ތަރުތީބުން ބެހެއްޓުން.
  6. ޞިއްޙިމަރުކަޒަށް ޒިޔާރާތްކުރާ މީހުންނަށް ހެލްތް އެޑިއުކޭޝަން ދިނުމާއި ޚާއްސަގޮތެއްގައި މާބަޑު މީހުންނާއި ވިހެއުމަށްފަހު ދޫކޮށްލާ ބަލިމީހާގެ އާއިލާއަށް ( މަންމަ އާއި ބައްޕަ )އަށް ގާތުން ކިރުދިނުމާއި ބެހޭގޮތުންނާއި ދޭތެރެ ދުރުކުރުމާއި ބެހޭގޮތުން މަޢުލޫމާތު ދިނުން.
  7. އޮޕްރޭޝަން ތިއޭޓަރުގައި ކުރެވޭ އެކިއެކި އޮޕްރޭޝަންތަކުގައި އެސިސްޓްކޮށްދިނުމާއި ލޭބަރރޫމް ގައި ހެދޭ އެކިއެކި ޕްރޮސީޖަރ ތަކުގައި އެސިސްޓްކޮށްދިނުން.
  8. ބަލިމީހުންގެ އެންމެހާ ސިއްރުތައް ހިފެހެއްޓުމާއި ބޮޑެތި ޕްރޮސީޖަރތައް ހަދާނަމަ މެނޭޖަރަށް އެކަން އެންގުން އަދި ބަލިމީހުންނާއި ގުޅޭގޮތުން ހިނގާ ބޮޑެތި ކަންތައްތައް ވަގުތުން މެނޭޖަރަށް އެންގުން.
  9. ބަލިމީހުންނަށް ގޮވާލަން އަންނަ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ވޯޑްގައި އޮންނަ ބަލިމީހާ ކައިރީގައި އެކަކަށްވުރެ ގިނަމީހުން ތިބިޔަނުދިނުން.

10. އުފަންވާ ކުދިންގެ ފޫޅުމާ ފޯމް ފުރުމާ، މަރުވާމީހުންގެ މަރު ފޯމް ފުރައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

11. ޑިއުޓީއާއި ހަވާލުވުމުގެ ކުރިން އިންވެންޓްރީ ޗެކްކޮށް މަދުވާތަކެތި ރިޕްލޭސްކުރުން.

  1. ހޮސްޕިޓަލުގައި ޞިއްޙީގޮތުން މީހުން ހޭލުންތެރި ކުރުމަށާއި ހެލްތް ޕްރޮމޯޝަން ސެކްޝަނުން ހިންގޭ ތަފާތު ޕްރޮގްރާމްތަކުގެ އަމަލީގޮތުން ބައިވެރިވުމާއި އައުޓްރީޗް ދަތުރުތަކުގައި އަމަލީގޮތުން ބައިވެރިވުން.

މަގާމުގެ މަސައްކަތުގައިވާ އާދަޔާ ޚިލާފު ކަންތައްތައް

  • ގައިންގަޔަށް އަރާ ބަލިތަކަށް އެކްސްޕޯޒުވުން.
  • ބަލިމީހުންނަށް ބެނުންކުރާ ( ކަށި، ތިޔަ އަދި މިނޫންވެސް ތޫނު ތަކެތިން ) ލިބިދާނެ ގެއްލުމެއް.
  • ކެމިކަލްސް، ޑްރަގްސް ފަދަ ތަކެއްޗަށް އެކްސްޕޯޒްވުން.
  • ބަލިމީހުންގެ ހަށިގަނޑުން ބއރުވާ ދިޔަ (ލޭ، ދޮސް، ހޮޑު، ކުޑަކަމުދާ އެއްޗެތި، ބޮޑުކަމުދާ އެއްޗެތި ) ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން.
  • ރޭޑިއޭޝަން ތަކަށް އެކުސްޕޯޒް ވުން.
  • އާންމުންގެ ފަރާތުން ދިމާވާ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތައް.

 ގުޅޭ ވަޒީފާގެ ދާއިރާތައް

 ނާރސިންގ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ށ. ފޯކައިދޫ ޞިއްޙީމަރުކަޒު އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 

9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސް ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން ( ލިބިފައިވާ ތަޢުލީމު ، މަގާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން )
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާ ބަލައިގެން.
  3. ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހު ގެ 14:00ގެ ކުރިން، ށ. ފޯކައިދޫ ޞިއްޙީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) އަދި ފެކްސް (6540594) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  15ސެޕްޓެމްބަރ 2019 އާއި 30ސެޕްޓެމްބަރ 2019 އާ ދެމެދު، ށ. ފޯކައިދޫ ޞިއްޙީމަރުކަޒު ގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6540594 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.  

 

28 ޒުލްޙިއްޖާ 1440

 

 

29 އޮގަސްޓް 2019
ހޯދާ