މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާލެ ސިނަމާލެ ބުރިޖުގެ އެނައުލް އިންސްޕެކްޝަން އަށް ބުރިޖުގެ ހުޅުލެ-މާލެ ލޭން ބަންދުކުރުން

އިޢުލާން

މާލެ ސިނަމާލެ ބުރިޖު ބޭނުންކުރާތާ 1 އަހަރު ވުމާ ގުޅިގެން ބުރިޖުގެ އެނުއަލް އިންސްޕެކްޝަންއެއް ހެދުމަށްޓަކައި ތިރީގައި މި ދަންނަވާ ގަޑިތަކުގައި ބުރިޖުގެ މާލެ އިން ހުޅުލެއަށް ދާ 2 ލޭން ބަންދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބުރިޖު ބަންދުކުރެވޭ ގަޑިތަކުގައި ހުޅުލެ އިން މާލެ އަށް އަންނަ ލޭން ވަގުތީގޮތުން ދެކޮޅަށް ދުއްވާގޮތަށް ބަދަލުކޮށް ހުރިހާ އުޅަނދެއް މި ލޭން އިން ދުއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

-          30 އޮގަސްޓު 2019 ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް

-          31 އޮގަސްޓު 2019 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް

-          06 ސެޕްޓެމްބަރު 2019 ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރު 14:00 އަށް

ވީމާ، ބުރިޖު މަތިން ދަތުރުކުރުމަށް މި ގެނެވުނު ބަދަލުތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށާއި އަދި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރެއްވުމަށް ދެންނެވީމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

28  ޛުލްޙިއްޖާ   1440

29  އޮގަސްޓް   2019

 

 

 

ދިވެހިސަރުކާރުގެ ގެޒެޓް

29 އޮގަސްޓް 2019
ހޯދާ