މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މަގުމަތިން ހޮވައިގެން ގެނެސްފައިވާ މޯބައިލް ފޯނަކާއި ބެހޭ؛

މަގުމަތިން ހޮވައިގެން ގެނެސްފައިވާ ވެރިފަރާތެއް ނޭންގޭ މޯބައިލް ފޯނެއް (ސިމްކާޑާއެކު) މިކޯޓުގެ ބެލުމުގެ ދަށުގައި އެބަހުއްޓެވެ. މިމޯބައިލް ފޯނު ހޮވާފައިވަނީ ރ.ދުވާފަރު 27 ނަންބަރު ބްލޮކް ކައިރިން މަގު މެދުންނެވެ. ޢާއްމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ މިމޯބައިލް ފޯނުގެ ވެރިފަރާތެއްވާނަމަ 15 ދުވަހުގެ ތެރޭގައި މިކޯޓަށް ވަޑައިގެން މޯބައިލް ފޯނުގެ ސިފަތައް (ފޯނުގެ ބްރޭންޑް، ސިމްކާޑުގެ ނަންބަރު، ފޯނުގެ ކުލަ) މިކޯޓަށް ޙިއްޞާ ކުރެއްވުމަށް ދަންނަވަމެވެ.

އަދި، 15 ދުވަހުގެ ތަރޭގައި މިމޯބައިލް ފޯނު ހޯދުމަށް އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ މިމޯބައިލް ފޯނާއިމެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 އޮގަސްޓް 2019
ހޯދާ