ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެހިކަލް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

ހދ.ނޮޅިވަރަމު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިއޮތް Toyota Townace ވޭނުގެ އިންޖީނު މަރާމާތުކުރުމާއި، ވެހިކަލްގެ ބޮޑީ މަރާމާތު ކުރުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި  ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: (2019-08-04) (IUL)264/PRIV/2019/32 އިޢުލާނާ ގުޅިގެން ކަނޑައެޅިފައިވާ ޢަދަދަށް މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެލައްވާފައި ނުވާތީ، މި ދެންނެވި އިޢުލާން ބާޠިލްކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށް ހދ.ނޮޅިވަރަމު ކައުންސިލްގެ އިދާރާއަށް ޙާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ވެހިކަލް މަރާމާތު ކޮށްދިނުމަށް އެދި" މިހެން ލިޔުމަށްފަހު، ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އެނގެން އޮންނަންވާނެ އެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚްގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޒިރުގައެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް މި ފުރުޞަތުގައިދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި، އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އެނޫން ފަރާތަކަށް މަޢުލޫމާތު ސާފުކުރުމުގައި ބައިވެރި ނުވެވޭވެ ވާހަކަ ދަންނަވަމެވެ.

 

މި މަސައްކަތައް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފްޞީލް ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6520043 މި ނަންބަރަށެވެ.

 

  1. މަސައްކަތުގެ އަގަށް                           60 ޕޮއިންޓް
  2. މަސައްކަތް ނިންމާނެ މުއްދަތު                    20 ޕޮއިންޓް
  3. މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލުކަމަށް    10 ޕޮއިންޓް
  4. މިފަދަ މަސައްކަތުގެ ތަޖްރިބާ                     10 ޕޮއިންޓް

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 އޮގަސްޓް 2019
ހޯދާ