މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ރ.އަނގޮޅިތީމު ކައުންސިލް އިދާރާގެ ގުދަން ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

ކޮންޓްރެކްޓް އުސޫލުން ރ.އަނގޮޅިތީމު ކައުންސިލް އިދާރާގެ ގުދަން ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

          ރ. އަނގޮޅިތީމު ކައުންސިލް އިދާރާގެ ގުދަން ޢިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

         މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވާ  ފަރާތްތަކުން މި މަސައްކަތްތަކުގެ ބީލަން ފޮތް ބައްލަވައިގެން  2019 ސެޕްޓެމްބަރ  02 ވާ ހޯމަ  ދުވަހުގެ 13.30ށް  މަޢުލޫމާތު ސާފުކުރަން ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ފޮތް  28 އޮގަސްޓް 2019 އިން ފެށިގެން ބަންދު ނޫން ކޮށްމެ ދުވަހެއްގެ 8.30 ން 13.00 ދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަގީ -/100 (އެއްސަތޭކަ) ރުފިޔާއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 ސެޕްޓެމްބަރ  08 ވާ އާދިއްތަ  ދުވަހުގެ 13.30ގައެވެ.

         މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތިމު ކައުންސިލް އިދާރާގެ ކޮންފަރެންސް  ރޫމްގައެވެ. މަޢުލޫމާތު  ސާފުނުކުރައްވާ  ފަރާތްތަކަށް  އަންދާސީ ހިސާބު  ހުށައެއްނޭޅޭނެއެވެ. ބަދަލުގައި ހާޒިރުވާ  ފަރާތެއްނަމަ  ވެރިފަރާތުގެ ސިޓިއާއި  ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ  ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.

މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.

  • އަގު %85
  • މަސައްކަތުގެ މުއްދަތު 
  • ތަޖްރިބާ %5

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.               

27 އޮގަސްޓް 2019
ހޯދާ