ށ. ކަނޑިތީމު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ށ. ކަނޑިތީމު ސިއްހީމަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައް

ށ. ކަނޑިތީމު ޞިއްޙީމަރުކަޒު

ށ.ކަނޑިތީމު  / ދިވެހިރާއްޖެ                                  ނަންބަރު:C1-SM/IUL/2019/07                                    

               

އިޢުލާން

ށ.ކަނޑިތީމު ޞިއްޙީ މަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން:   

            މިމަރުކަޒުގައި ކުރަންހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިމަރުކަޒުގެ ނަމްބަރ: C1-SM/IUL/2019/04 (25 ޖުލައި 2019) ގެ އިއުލާނަށް ބިޑް ހުށައަޅާފައި ވަނީ ދެ ފަރާތުންކަމަށްވާތީ، އެ އިއުލާން ބާތިލުކޮށް އަލުން އިއުލާންކުރަމެވެ.

                   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ކުންފުނިތަކާއި އިންވެސްޓްމަންޓްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި ކަނޑިތީމު ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑިއަށް ޚާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވަންވާނީ ސިޓީއަކާއި އެކުގައެވެ.

 

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

03 ސެޕްޓޭމްބަރ 2019

އަންގާރަ

13:30 (މެންދުރު)

އަންދާސީ ހިސާބު ހުށަހެޅުން

10 ސެޕްޓޭމަބަރ 2019

އަންގާރަ

13:30 (މެންދުރު)

27 އޮގަސްޓް 2019
ހޯދާ