މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ (6 މަސްދުވަހަށް ކޮންޓްރެކްޓް އުޞޫލުން)

ބޭނުންވާ އަދަދު: 01

މަޤާމުގެ ގިންތި: ވަގުތީ

މަޤާމުގެ ރޭންކް: ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ސެކްޝަން: ކޯޕަރޭޓް އެފެއާރޒް

މަޤާމް އޮތް އޮފީސް: މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން : މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ/ކ.ކާށިދޫ

މުސާރަ: މަހަކު 4465/- ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު 1500/-  ރުފިޔާ

އިތުރު އިނާޔަތްތައް:

1-ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން ވަޒީފާތަކަށް މުއައްޟަފުންހޯދުމާއި މުއައްޟަފުން ވަކިކުރުމާއިބެހޭ އެއްމެހާ  ކަންތައް  ސިވިލް ސާވިސް ގަވަޢިދާ އެއްގޮތަށް ކުރުން

2. ޒިންމާދަރު ވެރިޔާގެ މަޝްވަރާގެމަތިން މުއައްޟަފުންނާއިމެދު ފިޔަވަޅުއެޅުމާއި އަންގަންޖެހޭ އެންގުންތައް އެންގުން

3. ސިވިލްސާވިސްގައި ނުހިމެނިނަމަވެސް ކައުންސިލްއިދާރާއަށް ހޯދަންޖެހޭ މުއައްޟަފުން ހޯދުމާއި   އެކަމާބެހޭ އެއްމެހާ ކަންތައް ހިންގާ ބެލެހެއްޓުން (ރެކޯޑް ބެލެހެއްޓުން)

4. ވަކި މުއައްޟަފަކާއި ޙަވާލުކޮށްފައިނުވާ، ރަށުކައުންސިލުން ދޭންޖެހޭނެކަމަށް ގާނޫނަކުންކަޑައަޅާ ޚިދުމަތްތައްދިނުން

5.ކައުންސިލްގެ އުމުރުގެތެރޭގައި ކައުންސިލްގެމެމްބަރަކު ނުވަތަ މެމްބަރުންތަކެއް ވަކިވެއްޖެނަމަލަސްވެގެން 45 ދުވަހުގެތެރޭގައި ކައުންސިލަށް މެމްބަރު ނުވަތަ މެމްބަރުން  އިންޠިޚާބުކުރުމުގެ ކަންތައް ކަމާއިގުޅޭ މުއައްސަސާތަކައި ގުޅިގެންކުރުން

6. ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

7. ޒިންމާދާރުވެރިޔާގެ މަޝްވަރާގެ މަތިން ކައުންސިލުން ނިންމާ ނިންމުންތައް ޢާންމުކުރުން

8. ރަށުގައި ހިނގާ މުޙިންމު ކަންތައްތަކާއި ކައުންސިލް އިދާރާއިން ކުރާ މަސައްކަތްތަކުގެ ފުރިހަމަ މަޢުލޫމާތުހިމެނޭގޮތަށް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއެކު ކޮންމެ ހަފްތާއަކު އެއްފަހަރު ކައުންސިލްގެ ރައިސް ނުވަތަ އެދުވަހަކު ކައުންސިލް އިދާރާގެ އެންމެހާ ކަންތަށް ބެލެހެއްޓުމަށް ރައިސް ކަނޑައަޅުއްވާފައި ހުންނެވި އިސް ވެރިއަކު ލައްވާ ސޮއިކުރުވުން

9. އިލެކްޝަން ކޮމިޝަނުން ރާވާ އުސޫލެއްގެމަތިން އިންތިހާބުތަކާބެހޭ އެންމެހާ ކަންކަންހިންގާ ބެލެހެއްޓުން

10. ލާމަރުކަޒީގާނޫނުގެ 108 ވަނަމައްދާގެ ހ އާއި ށ ގައިބުނެފައިވާ ރިޕޯރޓް ތައްޔާރުކޮށް މުއްދަތަށް ފޮނުވުން

11. ލާމަރުކަޒީގާނޫނުގެ 109 ވަނަމާއްދާގެ ހ ( ކޮންމެއަހަރެއްގެ ޖުލައި 10 ވަނަދުވަހުގެ ކުރިން ވޭތުވެދިޔަ 6 މަހު) ،ށ (ކޮންމެ އަހަރެއްގެ ޖެނުއަރީ 10 ވަނަދުވަހުގެ ކުރިން ވޭތުވެދިޔަ 6 މަހު ) ކައުންސިލުން ހިންގި ހަރާކާތްތަކުގެ ރިޕޯޓް ތައްޔާރުކޮށްފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

12. ކައުންސިލް އިދާރާގެ މުއައްޟަފުންނަށް ބޭނުންވާ ތަމްރީނާއި ހުނަރުވެރިކަން ފާހަގަކޮށް އެފަދަފުރުޞަތުތައް މުއައްޟަފުންނަށް ހަމަހަމަ އުސޫލަކުން ހޯދަދިނުން

31. އިދާރާއަށް ޒިޔާރަތް ކުރާ އިއްޒަތްތެރިންނަށްމަރުހަބާ ދެންނެވުމާއި  މެޙުމާނުދަރީ އަދާކުރުމުގެ ކަންތައް އިންތިޒާމުކޮށް  ބެލެހެއްޓުން

41. ކައުންސިލް އިދާރާއިން ބައިވެރިވާ ނުވަތަ ބައިވެރިކުރާ މުބާރާތްތަކުގެއިދާރީމަސައްކަތްތައްކުރުވުމާއިބެލެހެއްޓުމުގެ އިތުރުން ކައުންސިލް އިދާރާއިން ފާހަގަކުރާ ދުވަސްތަކުގެ އިދާރީއެއްމެހާ ކަންތައް ބެލެހެއްޓުން

15. ކައުންސިލްއިދާރާއަށްލިބޭ އެކިއެކި ކޯސް،ވާކުޝޮޕް،ބައްދަލުވުން،ސެމިނާތަކަށް ފޮނުވާނެފަރާތްތަކައި ފޯކަލްޕޮއިންޓްގެގޮތުގައި ކަޑައަޅަންޖެހޭ ފަރާތްތައް ސެކުޝަންހެޑްގެމަޝްވަރާގެމަތިންކަޑައަޅާ އަންގަންޖެހޭފަރާތްތަކަށް ޤަޥަޢިދުންއެންގުން

16.ވަޒީފާ ބަޔާނުން ލާޒިމުކުރާ  އެއްމެހާކަންތައްތައް ރޭވުމާއި ،ހިންގުމާއި ، ތަރައްޤީކޮށް ، ބެލެހެއްޓުން

17. ލާމަރުކަޒީ ޤާނޫނުގެ 24 ވަނަމާއްދާގެ "އ" ގައި ލާޒިމުކުރާ ލައިބުރަރީގެ ޚިދުމަތް ދިނުން(ޔުނިޓް  ހެޑުގެ މަޝްވަރާއާއިއެކު ކައުންސިލުން ކަޑައަޅާ ގޮތެއްގެ މަތިން ލައިބުރަރީއެއް ޤާއިމުކޮށް އަންނަނިވި ޚިދުމަތްތައް ދިނުން)

 -  ރަށުގެ ރަސްމީ ލިއުންތައް އަރުޝީފުކުރުން 

 -  ރަށުގެ ތާރީޚީ އަދި ގަދީމީ ލިއުންތައް ރައްކާތެރިކަމާއެކު ލައިބުރަރީގައި  ބެލެހެއްޓުން

   -ޒަމާނީވަޞީލަތްތަކުގެއެހީގައި ލައިބުރަރީންއެކިއެކިމަޢުލޫމާތު ލިބޭނެ އިންތިޟާމު ހަމަޖެއްސުން 

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު(މި ފޯމް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިއުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު  ސެޓުފިކެޓުތަކުގެ ކޮޕީ.6

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓުފިކެޓުގެ ކޮޕީ

8. މަސައްކަތުގެ ތަޖުރިބާ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ނުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް  ޗެކް ފޯމް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 އޯގަސްޓް 2019 ގެ 14:00 ގެ ކުރިން، މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް; [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި ޢިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 01 ސެޕްޓެމްބަރ 2019 އާއި 08 ސެޕްޓެމްބަރ 2019 އާ ދެމެދު މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާއަށެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް  ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

%45 (ސާޅިސްފަސް އިންސައްތަ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢޫލޫމާތު ސާފުކުރުމަށް ގުޅާނީ، 6645377 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ،[email protected] އަށެވެ.

 20 ޒުލްހިއްޖާ 1440  

 

21 އޮގަސްޓް 2019
ހޯދާ