ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ނަޑެއްލާ ކައުންސިލްގެ އިދާރައަށް ވަގުތީ މުވައްޒަފަކު ހޮވުން

އިޢުލާން

ގދ. ނަޑެއްލާ ކައުންސިލްގެ އިދާރައަށް ވަގުތީ މުވައްޒަފަކު ހޮވުން

މި އިދާރާއަށް ވަގުތީގޮތުން އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރުގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކުރެވުނު ނަންބަރު:(IUL)418/418/2019/41 (21 ޖުލައި 2019) އިޢުލާނާއި ގުޅިގެން، އެ މަޤާމުގެ ޝަރުޠު ފުރިހަމަވާ ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަޤާމަށް ވަގުތީގޮތުން މުވައްޒަފަކު ހޯދުމަށްޓަކާ އިޢުލާން ކުރީމެވެ.

މަޤާމް:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ ( 6 މަސް ދުވަސް )

މަޤާމުގެ ރޭންކް:

އެމް. އެސް. 1 (މެނޭޖީރިއަލް ސަރވިސް 1)

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 5610.00 ރ  (ފަސް ހާސް ހަ ސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލެވަންސް:

މަހަކު 2000.00 ރ (ދެހާސް ރުފިޔާ) 

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސް (2) މަހަކު 700.00 ރ ( ހަތް ސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. ކުންފުނިތަކާއި،ލޯކަލްއިންވެސްޓްމަންޓްތައް ރަޖިސްޓްރީކުރަން އެދޭފަރާތްތަކަށް އެހީތެރިވުމާއި، އިންޕޯރޓްމުދާ ވިއްކުމާއި، ހޮޓާކެފޭ ރެސްޓޯރެންޓް ހިންގުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ހުއްދަ ދޫކުރުމާއިބެހޭ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.                                          
 2. އިންޕޯޓް މުދާ ވިއްކާ ފަރާތްތަކުން ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ޢަމަލުކުރަމުން ދޭތޯ ބެލުމާއި، ޤާވާޢިދާއި ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ޔުނިޓްހެޑަށް ރިޕޯޓްކުރުން.                     
 3. ރަށުގެ އާމްދަނީއާއި ބެހޭ ތަފާސް ހިސާބު އެއްކުރުމާއި، ބެލެހެއްޓުން.                               
 4. ރައްޔިތުންގެ މެދުގައި އިޤުތިޞާދީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ރޭވުމާއި، ޔުނިޓްހެޑްގެ މަޝްވަރާގެމަތިން އެފަދަ ޕްރޮގްރާމްތައް ހިންގުން.   
 5. މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުން 
 6. އައިޑީކާޑު ހަދައި ދިނުމުގެ އެންމެހާ މަސައްކަތްތައް ކުރުން
 7. އެކަނިވެރި މައިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަސާސީ ޕެންޝަން ޙައްޤުވާ ފަރާތްތަކަށް ޙައްޤުވާ އެލަވަންސް ހޯދުމަށް އެދި ހުށަހަޅާ ފޯމްތައް ޗެކްކޮށް ބަލައިގަނެ ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމާއި ކަމާއިބެހޭ ރެކޯޑްތައް ލިޔެ ބެލެހެއްޓުން.                                                      
 8. ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތްވާގޮތުގެމަތިން ލިޔެކިޔުންތައް ފައިލްކޮށް ފަސޭހައިން ފެންނަގޮތަށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
 9. މީގެ އިތުރުން މުވައްޒަފަކު ޗުއްޓީނެންގެވުންފަދަ ކަމަކާއިގުޅިގެން ވަގުތީގޮތުން ޔުނިޓްހެޑް ޙަވާލުކުރައްވާ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ކުރަމުން ގެންދިއުން.                                                             

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް

5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

 1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
 2. ލިބިފައިވާ މަސައްކަތު ތަޖުރިބާ

ހޮވުމަށް ބެލޭނެ ކަންތައްތައް:

 1. ލިބިފައިވާ ހުނަރު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01ސެޕްޓެމްބަރު2019 އާއި 05ސެޕްޓެމްބަރު2019 އާ ދެމެދު، ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާ ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840007 އަށެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

 

19 ޛުލްޙިއްޖާ 1440      

20 އޯގަސްޓް 2019                                                                                             

20 އޮގަސްޓް 2019
ހޯދާ