ދިވެހިރާއްޖެ
އިޢުލާން
1440 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި 2019 އޯގަސްޓު 11 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް ހުޅުމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ނުދުއްވާގޮތަށް ހަމަޖައްސައިފީމެވެ.
ވީމާ، 2019 އޯގަސްޓު 11 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން 18:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދު ހުޅުމާލޭގައި ދުއްވުމަކީ "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
- އެމްބިއުލެންސް
- ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު
- ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަ ކުރެވިފައިވާ އުޅަނދު
- ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް
- އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު
މިއެންގުމާއި ޚިލާފްވާ ފަރާތްތައް "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެވާހަކަ އަންގާ އިޢުލާނު ކުރީމެވެ.
08 ޛުލްޙިއްޖާ 1440
09 އޮގަސްޓް 2019
ދިވެހިސަރުކާރުގެ ގެޒެޓް