ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރު

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ


އިޢުލާން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

1 (އެކެއް) ޑްރައިވަރު

 

1.  ވަޒީފާގެ މަސްއޫލިއްޔަތު

 • ބީ.ސީ.ސީގެ ރަސްމީ ދަތުރުތައް ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައި ކުރުން.
 • ހުޅުލެއާއި ގުޅިފައިވާ ސަރަހައްދުތަކުން  ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބީ.ސީ.ސީއިން ހިންގާ ފިހާރައަށް ގެންނަ މުދާ ގަވާއިދުން އުފުލާދިނުން
 • ވެހިކަލް ދޮވެ ސާފުކުރުމާއި  ބެލެހެއްޓުމާއި ބޭނުންވާ ސާމާނު ހޯދުމާއި އަދި ގަވައިދުން ވެހިކަލް ސަރވިސް ކުރުން.
 • ވެހިކަލަށް ބޭނުންވާ ތެޔޮ މަދުނުވާ ވަރަށް އަޅާފައި ބެހެއްޓުމާއި، ކޮންމެ ތިންމަހުން އެއްމަހު އަޑީތެޔޮ ބަދަލުކުރުން.
 • ވެހިކަލަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އެކަމެއް ވަގުތުން އޮފީހަށް އެންގުމާއި، އޮފީހުން ކަނޑައަޅާގޮތެއްގެމަތިން މަރާމާތުކުރުމުގެ އެންމެހާ އިންތިޒާމެއް ބެލެހެއްޓުން
 • ރައްކާތެރިތަނެއްގައި ވެހިކަލް ޕާކުކުރުމާއި، ވެހިކަލް ދުއްވުމުގައްޔާއި، ޕާކްކުރުމުގައި، ސަރުކާރުން ހަދާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފަރުވާތެރިވުން.
 • ދަތުރުތައް ކުރަން ހަމަޖެހިފައި ނެތް ވަގުތުތަކުގައި، ބީ.ސީ.ސީއިން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

 2.  ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

 • ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ޤާބިލުކަން ސާބިތުކޮށްދިނުން
 • މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން އިން ދޫކޮށްފައިވާB1  ކެޓެގަރީ (ލައިޓް ޕެސެންޖަރ ވެހިކަލް) އަދި A0 ކެޓެގަރީ (މޮޓޯސައިކަލް 50 ސީސީ އަށްވުރެ މަތި) ލައިސަންސް
 • އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން

 

 3.  މަގާމުގެ މަސައްކަތަށް ބެނުންވާ އެހެނިހެން ސިފަތައް

ރީތިބަހުން މީހުންނާ މުޢާމަލާތް ކުރުމާއި އެކު ރަޙްމަތްތެރިކަމުގެ ސިފަ ހުރުން

 

 4.  މުސާރަ އަދި އެހެނިހެން އިނާޔަތްތައް

 • ދެފަރާތް އެއްބަސްވާ ގޮތުގެ މަތިން ކަނޑައެޅިގެންދާނެ

 

 6.  މިވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

 •   ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
 •   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ
 •   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ) އަދި އެއްގަމު އުޅަނދުފަހަރުގެ ލައިސަންސްގެ ކޮޕީ

 

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 25 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)

ސަކީނާ މަންޒިލް 3 ވަނަ ފަންގިފިލާ، މެދުޒިޔާރަތް މަގު، މާލެ

ފޯނު:  548-3010 (960)+                           

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

‏8 އޮގަސްޓް 2019 މ

 

 

08 އޮގަސްޓް 2019
ހޯދާ