މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ޚާއްޞަ އިނާމު (އެވޯރޑް) ތައްޔާރު ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަނެއް 06 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މި ކައުންސިލުގައި އޮންނާނެއެވެ. އަދި މި މަސައްތަކުގެ މައުލޫމާތު ޝީޓް މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. އަދި މި މަޢުލޫމާތު ޝީޓް ކައުންސިލުގެ ވެބްސައިޓުންނާއި ކައުންސިލުގެ ރިސެޕްޝަސުން ވެސް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް މި ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995/7967919 ނަންބަރު ފޯނަށެވެ.

 

29 ޛުލްޤައިދާ 1440

01 އޮގަސްޓް 2019
ހޯދާ