ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
އެމްޕްލޯއިމަންޓު އެޕްރޫވަލް ދޫކުރުމާ ބެހޭ

އިޢުލާން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް އެމްޕްލޯއިމަންޓު އެޕްރޫވަލް ދޫކުރާ ބިދޭސީންގެ ޕާސްޕޯޓުގެ ޞައްޙަކަން މިހާރަށްވުރެ ބޮޑަށް ކަށަވަރުކުރުމަށްޓަކައި، އެމް. އާރު. ޒެޑް. ނުހިމެނޭ ޕާސްޕޯޓު ބޭނުންކުރާ ބިދޭސީންނަށް 1 މާރިޗު 2014 އިން ފެށިގެން އެމްޕްލޯއިމަންޓު އެޕްރޫވަލް ދޫނުކުރާގޮތަށް ހަމަޖައްސައިފީމެވެ.

މިކަން މިގޮތަށް ހަމަޖެއްސި ނަމަވެސް، މިހާރު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ވަޒީފާ ދޭ ފަރާތް ބަދަލުކުރުމަށް ބޭނުންވާ ބިދޭސީންނާއި އެމްޕްލޯއިމަންޓު އެޕްރޫވަލް އައުކުރުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ބިދޭސީންގެ އެމް. އާރު. ޒެޑް. ހިމެނޭ ޕާސްޕޯޓު ނެތްނަމަވެސް، އެ އެޕްލިކޭޝަންތައް ޕުރޮސެސްކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.  

20 ރަބީޢުލްއާޚިރު 1435     

20 ފެބުރުވަރީ 2014
ހޯދާ