މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ސޯޝަލް ސަރވިސް ވަރކަރ

  (IUL)10-C/10/2019/83:ނަންބަރު

 

އިޢުލާނު

 

މަޤާމް:

ސޯޝަލް ސަރވިސް ވަރކަރ

މަޤާމުގެ ނަންބަރު:

J-309830 ،J-309829 ،J-309828

ބޭނުންވާ އަދަދު:

3 (ތިނެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް.1 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޖުވެނައިލް ޖަސްޓިސް ޔުނިޓު /ރީހެބިލިޓޭޝަން އެންޑް ރީއިންޓަގްރޭޝަން ސަރވިސަސް ސެކްޝަން/ ކ. މާލެ

މުސާރަ:

މަހަކު  5,610.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2: ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700.00ރުފިޔާ ހަމަޖެހޭނެއެވެ.
  2. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޤާނޫނާއި ޤަވާޢިދާ ޚިލާފުވާ ކުދިންގެ ވޭދަނައިގެ މަސައްކަތްކުރުން.
  2. އަތޮޅުތަކުން ހުށަހެޅޭ މައްސަލަތަކުގައި،އެތަންތަނަށް ގޮސް މަޢުލޫމާތު ނަގަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ،އެތަންތަނަށް ދަތުރުކޮށް ވޭދަނައިގެ މަސައްކަތްކުރުން.
  3. ކުޑަކުދިންގެ ކޯޓްތަކުގައި ހިންގާ ޝަރީޢަތްތަށް އަޑުއެހުމާއި،ވޭދަނަ ސިންތާތަކުގައި ބައިވެރިވުމާއި  ކޯޓްތަކަށް ބޭނުންވާ އެސެސްމަންޓްތައް ހެދުން.
  4. ޤާނޫނާއި ޤަވާޢިދާ ޚިލާފުވާ ކުދިންނަށް ޝަރުޢީ ނިޒާމުން ބޭރުގައި ބަދަލު ޕްރޮގްރާމް ހިންގުން.
  5. ބަންދުގައި ތިބޭ ކުދިންނަށް ލައިފް ސްކިލްސްފަދަ ސެޝަންތައް ނެގުން.
  6. ޤާނޫނާއި ޤަވާޢިދާ ޚިލާފުވާ ކުދިންނަށް އަމާޒުކޮށް ވަސޭހަތްދިނުމުގެ ސެޝަންތައް ހިންގުން.
  7. ހޯމް ވިޒިޓް ހެދުން.
  8. ޤާނޫނާއި ޤަވާޢިދާ ޚިލާފުވާ ކުދިންނާ ބެހޭ ގޮތުން ވޭދަނަ ސިންތާއާއި ވިލީ ސިންތާކުރުން.
  9. އިޞްލާޙުކުރުމަށްޓަކައި މުޖްތަމަޢުން އެކަހަރިކުރެވޭ ކުދިންނާއި ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ޖަލުގައި ހައްޔަރުކޮށްފައި ތިބޭ ކުދިންގެ ޙާލަތު މޮނިޓަރކުރުމާއި، ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި އެހީތެރިކަން ދިނުން.
  10. ޤާނޫނާއި ޤަވާޢިދާ ޚިލާފުވާ ކުދިންނާ ބެހޭ  ގޮތުން މުއައްސަސާތަކުން ހުށަހެޅޭ ރިފަލްތަކުގައި ހިމެނޭ ކުދިންގެ އެސެސްމަންޓް ނުވަތަ ސޯޝަލް އިންކުއަރީ ރިޕޯޓް ހެދުން
  11. ޤާނޫނާއި ޤަވާޢިދާ ޚިލާފުވާ ކުދިންނަށް ބަދަލު ޕްރޮގްރާމް ހިންގުން.
  12. އާފްޓަރ ކެއަރ ބެލެހެއްޓުން.
  13. ޤާނޫނާއި ޤަވާޢިދާ ޚިލާފުވާ ކުދިންގެ  ތެރެއިން މުޖުތަމަޢިން އެކަހެރި ކުރަންޖެހޭ ކުދިންގެ އިޖުރާއާތުތައް ފުރިހަމަކުރުމާއި އެކުދިންގެ ޙާލަތު މޮނިޓަރކުރުމާއި ޕްރޮގްރެސް ރިޕޯޓް ހެދުން.
  14. އެކަހަރިކުރެވޭ ކުދިން ސެންޓަރުގައި ތިބޭ އިރު، އެކުދިންގެ ބެލެނިވެރިން، އެކުދިންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
  15. އެކަހަރި ކުރެވޭކުދިންގެ ތައުހީލު ޕްރޮގްރާމް ނިމުމުން އެކުދިން އަނބުރާ މުޖުތަމަޢަށް ފޮނުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  16. ކުޑަކުދިންގެ މައްސަލަތަކާ ބެހޭ ފައިލްތައް ބެލެހެއްޓުން.
  17. ކޭސް ޓްރެކް އަޕްޑޭޓް ކުރުން.
  18. ކޭސް ސްޓެޓިސްޓިކްސް އަޕްޑޭޓް ކުރުން.
  19. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. ކައުންސެލިންގ/ ސައިކޮލޮޖީ / ސޯޝަލް ވަރކް / ސޯޝިއޮލޮޖީ ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

ޕްރެޒެންޓޭޝަން އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،25 އޮގަސްޓް 2019 އާއި 12 ސެޕްޓެމްބަރު 2019 އާއި ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

22 ޛުލްޤަޢިދާ 1440

25 ޖުލައި 2019
ހޯދާ